ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: MNU-CA-PAMD/2025/45
ޕަބްލިޝްކުރި ތާރީޚް: 21 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 10:25
ސުންގަޑި: 05 މޭ 2025 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ފެކަލްޓީ އޮފް ހެލްތު ސައެންސަސްގެ ފަސްޓްއެއިޑް ޓްރެއިނިންގ އަށް ބޭނުންވާ އައިޓަމްސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައެންސަސްގެ ޕްރޮސީޖާރ ލެބަށް ބޭނުންވާ އައިޓަމްސް އަދި ފަސްޓްއެއިޑް ޓްރެއިނިންގ އަށް ބޭނުންވާ އައިޓަމްސްތައް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް
    ކުރި ނަންބަރު: MNU-CA-PAMD/2025/43 އިޢުލާންގައި ތާރީޚް ނުބައިކޮށް ލިޔެވިފައިވުމުގެ ސަބަބުން ބީލަން ހުށަހެޅުމަށް ވަރަށް ކުރު މުއްދަތެއް ދެވިފައިވާތީ އެ އިޢުލާން އަންޕަބްލިޝްކުރުމަށްފަހު ބާތިލުކޮށް އަލުން އިޢުލާންކުރުމަށް ނިންމީމެވެ. އަދި ދަންނަވަމެވެ. ފަސްޓްއެއިޑް ޓްރެއިނިންގ އަށް ބޭނުންވާ އައިޓަމްސްތައް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް
    ފުރަތަމަ ކުރި ނަންބަރު: MNU-CA-PAMD/2025/17 އިޢުލާންގެ ކެޓަގަރީ 2 ބާޠިލުކުރެވިފައިވަނީ ހުށަހަޅުއްވާފައިވާ ބީލަންތައް އަންދާޒީ އަގަށްވުރެ ބޮޑުކަމަށް ބިޑް ކޮމިޓީން ނިންމަވާފައިވާތީއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ފުރުޞަތު އަލުން ހުޅުވާލަމެވެ.
  2. މި ބީލަމާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި ހުށަހަޅަންޖެހޭ ފޯމްތައް އިއުލާނާ އެޓޭޗް ކުރެވިފައިވާ ވާނެއެވެ.
  3. ބީލަން ހުށަހެޅުން އޮންނާނީ 05 މޭ 2025 ވަނަ ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު، ރަށްދެބައިހިނގުން، މާލެ ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  4. އިސްވެދެންނެވިފައިވާ ގަޑިއަށް ބީލަން ހުށަހެޅުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. ބީލަމާ ގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރެވޭނެ އުޞޫލު މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އެޓޭޗް ކުރެވިފައިވާ ލިޔުންތައް ފުރުމަށްފަހު ބީލަމާ އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.
  5. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. 

 

ޓެކްނިކަލް ސްޕެސިފިކޭޝަނާ ގުޅޭގޮތުން ނަމަ؛

ބީލަމާ ގުޅޭ އިދާރީ މައުލޫމާތެއް ނަމަ؛

ފެކަލްޓީ އޮފް ހެލްތު ސައެންސަސް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ހަނދުވަރީހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3346504, 3346507، 3346500

އީ-މެއިލް: [email protected]

ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: , 3345109, 33451483345110، 3345111

އީ-މެއިލް: [email protected]

21 އެޕްރީލް 2025