މަސައްކަތް
ނަންބަރު: (IUL)384/384/2025/26
ޕަބްލިޝްކުރި ތާރީޚް: 21 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 09:17
ސުންގަޑި:
24 އެޕްރީލް 2025 13:00
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޤާރީވެރިއެއްގެ ހުރުމާއި ކެއުން ހަމަޖެއްސުމާއިގުޅޭ
ކޮޅުމަޑުލު އަތޮޅު ޤުރްއާން މުބާރާތަށް ހޮވިފައިވާ ދަރިވަރުންނަށް އިތުރު ތަމްރީން ދިނުމަށް ގެނެވޭ ޤާރީވެރިއެއްގެ ފަރިއްކޮޅު އަދި ހުރުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، ތިރީގައިވާ ޝަރުތުތަކާއިއެކު މިކަން ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2025 އޭޕްރީލް 24 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަމްބަރު 6780034 އާއި ގުޅުއްވުން އެދެމެވެ.
ޝަރުތު
- ކޮޓަރީގައި މައިގަނޑު ފަރިނީޗަރު ހަމައަށް ހުރުން. ( އެނދު، އަލަމާރި، ޑްރެސިންގ ޓޭބަލް )
- ކޮޓަރީގައި އޭސީ ހަރުކޮށްފައި ހުރުން.
- އަންނައުނު ދޮވެ އިސްތިރިކޮށް ދިނުން.
- ފަރިއްކޮޅު ހަމަޖައްސައިދިނުން ( ހެނދުނުސައި، މެންދުރު ކެއުން، ހަވީރުސައި، ރޭގަނޑު ކެއުން )
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
21 އެޕްރީލް 2025