ދިވެހިރާއްޖެ
ހދ. ކުރިނބީ ގައި އިމާރާތްކުރާ ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)265/265/2025/17 (13 ފެބުރުވަރީ 2025) އިޢުލާނާއި ގުޅިގެން ހުށަހެޅުނު އަންދާސީހިސާބުތައް އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށްވާތީ، އެ އިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކޮށް، ރަޖިސްޓްރީކުރުމަށްފަހު ކޯޓޭޝަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ކޯޓޭޝަން ހުށަހަޅުމަށް ރަޖިސްޓްރީކުރުން އޮންލައިން ފޯމު މެދުވެރިކޮށް: ލިންކް: https://forms.gle/Pq5FhQYFQQZwHHmx5 ތާރީޚް: 24 އެޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް
|
ކޯޓޭޝަން ހުށަހެޅުން ތަން: ހދ. ކުރިނބީ ކައުންސިލްގެ އިދާރާގައި ތާރީޚް: 28 އެޕްރީލް 2025 ވާ ހޯމަ ދުވަހުގެ 13:00 ގައި |
ކޯޓޭޝަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީލިޔުމެއް ހުށަހަޅަންވާނެއެވެ. ކޯޓޭޝަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ކޯޓޭޝަން ހުށަހަޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހިގެން ކޯޓޭޝަން ހުށައަޅަން ހާޒިރުވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.