ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)38-BB/38/2025/92
ޕަބްލިޝްކުރި ތާރީޚް: 20 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 15:18
ސުންގަޑި: 04 މޭ 2025 15:00
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ (އެމް.އެސް 3) - ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން

އިޢުލާން

 

ވަޒީފާގެ ފުރުޞަތު

 

 މަޤާމް

 އެސިސްޓެންޓް ޑިރެކްޓަރ (އެމް.އެސް 3)

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 ސެކްޝަން:

 ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން

 އަސާސީ މުސާރަ:

 މަހަކު 7035.00 ރުފިޔާ  (ހަތްހާސް ތިރީސްފަސް ރުފިޔާ)

 ސާރވިސް އެލަވަންސް:

 މަހަކު 2000.00 ރުފިޔާ (ދެހާސް ރުފިޔާ)

 ލިވިންގ އެލަވަންސް:

 މަހަކު 4000.00 ރުފިޔާ (ހަތަރުހާސް ރުފިޔާ)

 ޚާއްޞަ އެލަވަންސް:

 މަހަކު 3165.75 ރުފިޔާ (ތިންހާސް އެއްސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ ހަތްދިހަ ފަސްލާރި )

 ޙާޟިރީ އެލަވަންސް

 ދުވާލަކު 211.00 ރުފިޔާ (ދުއިސައްތަ އެގާރަ ރުފިޔާ) (ޕްރޮބޭޝަން މުއްދަތު ހަމަވުމުން)

 ވަޒީފާގެ ބާވަތް: 

 ދާއިމީ

 މަސައްކަތުގެ ވަގުތު:

 އިލެކްޝަންސް ކޮމިޝަނުގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

 ފެންވަރު ނުވަތަ ޝަރުޠު:

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން، ލެވެލް 5 ނުވަތަ 6 ގެ ސެޓްފިކެޓެއް ޙާސިލް ކޮށްފައިވުމާއެކު، 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. މި ތަޖުރިބާގެ ތެރޭގައި، ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާއާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ،

 2. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން، ލެވެލް 7 ނުވަތަ 8 ގެ ސެޓްފިކެޓެއް ޙާސިލް ކޮށްފައިވުމާއެކު، 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. މި ތަޖުރިބާގެ ތެރޭގައި، ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާއާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ،

 3. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން، ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ލެވެލްއެއްގެ ސެޓްފިކެޓެއް ޙާސިލް ކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއަކުން، މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 މަގާމުގެ މަސައްކަތުގެ ދާއިރާ:

  • ހިއުމަން ރިސޯސް މެނޭޖްމަންޓް
  • މެނޭޖްމަންޓް
  • އެޑްމިނިސްޓްރޭޝަން

ނޯޓް:

  • ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރިކަމުގެ ލިޔުމެއް ހުށަހަޅާނަމަ ވަޒީފާ އަދާކުރި ތަނަކީ އެސް.އެމް.އީ ކްލެސިފައިޑް ތަނަކަށް ވާންވާނެއެވެ.
  • ޓެކްނިކަލް މަޤާމެއްނަމަ، އެ މަޤާމަކަށް ކަނޑައެޅިފައިވާ ޖުމްލަ ތަޖުރިބާގެ މުއްދަތު ހަމަވާންވާނެއެވެ.

 

އިތުރަށް ބަލާނެ ކަންތައް:

  1. އުމުރުން 18 އަހަރާ 45 އަހަރުގެ އުމުރުފުރައިގެ މީހަކު ކަމުގައިވުން.
  2. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
  3. ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން.
  4. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  5. އެއްވެސް އިރެއްގައި، ސިޔާސީ ހަރަކާތެއްގައި ނުވަތަ ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެ އުޅޭ މީހެއްކަމުގައި ނުވުން.
  6. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލުކަން ހުރި މީހެއް ކަމަށް އިންޓަރވިއު ޕެނަލަށް ސާބިތުކޮށްދިނުން.

މަސްއޫލިއްޔަތު:

 

  • ކޮމިޝަނުގެ ވަޒީފާއަށް ނަގާ މުވައްޒަފުންގެ ވަޒީފާ ދިނުމާއި ވަކިކުރުމާއި ބަދަލު ކުރުމާގުޅޭ އެންމެހައި މަސައްކަތްތައް ބެލެހެއްޓުން.
  • މުވައްޒަފުންނަށް އަންގާ އެންގުންތައް އެންގުމާއި، އިންޒާރު ދިނުމާއި އެކަންކަމާބެހޭ އިދާރީ ލިޔެކިޔުންތައް ބެލެހެއްޓުން.
  • ކޮމިޝަނުގެ އިދާރީ އޮނިގަނޑު ތައްޔާރު ކުރުމާއި، އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ކޮމިޝަންގެ މަޝްވަރާގެ މަތިން ގެނައުން.
  • ކޮމިޝަނުގެ މަޤާމުތަކާއި ކޮމިޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ (ވަގުތީ/ދާއިމީ) ރަޖިސްޓްރީ އަޕްޑޭޓްވޭތޯ ބަލާ ޗެކްކުރުން.
  • ސެކްޝަންގެ މަސައްކަތްތައް ގޮސްފައިވާ މިންވަރާއި ކުރަންހުރި މަސައްކަތްތައް ބަލައި ކުރިޔަށް އޮތް ހަފްތާއަށް ރޭވުން/ރިވިޔު ތައްޔާރުކުރުން.
  • ސެކްޝަނުގެ މަސައްކަތް ހިންގުމަށްޓަކާ ކުރިއަށް އޮންނަ އަހަރުގެ މަސައްކަތު ތާވަލެއް އެކަށައަޅާ އެ ތާވަލާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދިޔުން.
  • ކުރިޔަށް އޮތް އަހަރަށް ސެކްޝަނާއި ގުޅޭ ކަންތައްތައް ކުރުމަށް ބޭނުންވާ ބަޖެޓު ތައްޔާރުކޮށް ބަޖެޓް ސެކްޝަނަށް ކަނޑައެޅޭ މުއްދަތަށް ފޮނުވުން.
  • ކޮމިޝަނުގެ މުވައްޒަފުންގެ މުސާރަ ތައްޔާރުކުރުމާއި ގުޅޭ މަސައްކަތްތައް ބެލެހެއްޓުން.
  • މުވައްޒަފުންގެ އެޕްރައިސަލްއާއި ގުޅޭ އެންމެހައި މަސައްކަތްތައް ބެލެހެއްޓުން.
  • އިންތިޚާބެއް ބާއްވާނެ ތާރީޚް ކޮމިޝަނުން ކަނޑައެޅުމުން، ވޯޓުލާ މަރުކަޒުގައި ޙަރަކާތްތެރިވާނޭ އޮފިޝަލުން ހޯދުމަށް ކުރަންޖެހޭ ކަންކަން ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް  އެކަން ހިނގާކަން ކަށަވަރުކުރުން.
  • އިންތިޚާބެއް ބާއްވާނެ ތާރީޚް ކޮމިޝަނުން ކަނޑައެޅުމުން، ފޯކަލް ޕޮއިންޓުން ހޯދުމަށް ކުރަންޖެހޭ ކަންކަން ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް  އެކަން ހިނގާކަން ކަށަވަރުކުރުން.
  • މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުންވެސް ސެކްރެޓަރީ ޖެނެރަލް އަންގާ އަދި ކޮމިޝަނުން އެވަގުތެއްގައި ޙަވާލުކުރާ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު އަދާކުރުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. އިލެކްޝަންސް ކޮމިޝަންގެ ވަޒީފާއަށް އެދޭ ފޯމް
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)

 - ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

 - ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

 5. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން:

 - މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

 މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:         

މި މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 މޭ 4 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން މި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ 05 ވަނަ ފަންގިފިލާގެ ރިސެޕްޝަނަށް ނުވަތަ ކޮމިޝަނުގެ އީމެއިލް ([email protected]) މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި 10mbއަށް ވުރެ ކުޑަފައިލްސައިޒަކަށް އެޓޭޗްކުރެވިފައެވެ. ވަޒީފާއަށް އެދޭ ފޯމު މި ކޮމިޝަނުގެ ރަސްމީ ވެބްސައިޓް www.elections.gov.mv  އިން ލިބެން ހުންނާނެއެވެ.

ނޯޓު: އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ 3004472 އަށް ގުޅުއްވައި އީމެއިލް މި ކޮމިޝަނަށް ލިބިފައިވާކަން ކަށަވަރުކުރަން ވާނެއެވެ. އަދި ދަންނަވަމެވެ. ފައިލްސައިޒް 10mb އަށް ވުރެ ބޮޑުވެގެން މިކޮމިޝަނަށް ނުލިބޭ އީމެއިލްތައް ބެލެވޭނީ ހުށަނާޅާ ފޯމުގެ ގޮތުގައެވެ.

އިތުރު މަޢުލޫމާތު:

 - ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ.

 - މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.

 - އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

 - ވަޒީފާއަށް ކުރިމަތިލާ ފަރާތް އެމަޤާމަކަށް ޝަރުޠު ހަމަވެ އިންޓަވިއު ކުރެވުނު ނަމަވެސް އިންޓަވިއު އަދި ޢަމަލީ ޓެސްޓުން 50% އަށްވުރެ މަތިން މާކްސް ނުލިބޭނަމަ އެމަޤާމަށް ޤާބިލުނޫން ފަރާތެއް ކަމަށް ކަނޑައެޅޭނެއެވެ.

 - މި މަޤާމަށް ހޮވޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދިނުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ.

 - ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

 - މި މަޤާމަށް ހޮވުމަށްފަހު ވަޒީފާއަށް ނިކުތުމަށް އެންމެ ގިނަވެގެން ދެވޭނީ ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ މުއްދަތެކެވެ.

 - ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ކެންޑިޑޭޓް ނަންބަރެއް ދެވޭނެއެވެ. އަދި އެ ނަންބަރު ކުރިމަތިލާފައިވާ ފަރާތްތަކަށް އަންގާނެއެވެ.

 - ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށްދެވޭ އަމަލީ ޓެސްޓާއި އިންޓަރވިއުއަށްފަހު އެފަރާތްތަކަށް ލިބިފައިވާ މާރކްސް އާންމު ކުރާނެއެވެ.

 

އެސިސްޓެންޓް ޑިރެކްޓަރ (އެމް.އެސް 3) ގެ މަޤާމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު

ބައިތައް

މާކްސް

ތަޢުލީމާއި ތަމްރީނު

40

މަސައްކަތު ތަޖުރިބާ

15

އިންޓަވިޔު

35

ޢަމަލީ ޓެސްޓު

10

ޖުމުލަ

100

 

ޝޯޓްލިސްޓު ކުރެވޭގޮތް:

 - ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަމަލީ ޓެސްޓު ދިނުމަށްފަހު، އެ ޓެސްޓުން %50 އިން މަތި ލިބޭ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 - މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށް ވުރެ މަތީ ސެޓްފިކެޓް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ. (ޖީ.އެސް 3 އިން ފެށިގެން މަތީ ރޭންކުގެ މަޤާމުތަކަށް)

 - މެނޭޖީރިއަލް ސަރވިސްގެ ގިންތީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއާއި، ތަމްރީނާއި، ހުނަރުގެ މާކުހަށް ބެލުމަށްފަހު ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.

 - ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.

 

20 އެޕްރީލް 2025