މުބާރާތް
ނަންބަރު: (IUL)305-ME305/305/2025/47
ޕަބްލިޝްކުރި ތާރީޚް: 20 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 27 އެޕްރީލް 2025 13:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްމާދޫ ވެޓަރެންސް ފުޓްސަލް މުބާރާތުގައި ބައިވެރިވުމާއި ގުޅޭ

އިޢުލާން

ރަސްމާދޫ ވެޓަރެންސް ފުޓްސަލް މުބާރާތުގައި ބައިވެރިވުމާއި ގުޅޭ

      ރަސްމާދޫ ޑިވެލޮޕްމަންޓް އެސޯސިއޭޝަން އަދި ރަސްމާދޫ ކައުންސިލް ގުޅިގެން ރ. އަތޮޅުގެ ހުރިހާ ރަށްތަކަށް ހުޅުވާލައިގެން ވެޓަރެންސް ފުޓްސަލް މުބާރާތެއް އިންތިޒާމު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ އެންމެ މުހިއްމު މަޤުޞަދަކީ ދޮށީ ޢުމުރުގެ މީހުންނަށް، ޚާއްޞަކޮށް ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ކުޅިވަރުގެ މައިދާނުގައި ޝާމިލުވުމުގެ ފުރުޞަތު ހޯދައިދިނުމެވެ. އަދި އަތޮޅުގެ ރަށްތަކުގެ މެދުގައިވާ އަޚްވަންތަކަމުގެ ގުޅުން ދިރުވާ އާލާކުރުމެވެ. މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރަސްމާދޫ ފުޓްސަލް ދަނޑުގައެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 1 ޖުލައި 2025 ގައެވެ. 

 މުބާރާތުގައި ބައިވެރިވެވޭ ޢުމުރުގެ ގޮތުގައި ހަމަޖެހިފައިވަނީ، ކުޅުންތެރިންގެ ގޮތުގައި މީލާދީ ގޮތުން ޢުމުރުން 39 އަހަރުން މަތީގެ ފަރާތްތަކެވެ. އަދި މީލާދީ ގޮތުން 35 އަހަރުން މަތީގެ 1 ކުޅުންތެރިއަކު ބައިވެރި ކުރުމުގެ ފުރުޞަތު ކޮންމެ ޓީމަކަށްވެސް ލިބިފައިވެއެވެ. މުބާރާތަށް ޓީމު ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ރަށަކުން، އެރަށަކަށް ނިސްބަތްވާ 1 ޓީމެވެ. ޓީމު ރަޖިސްޓްރީ ކުރުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ ކައުންސިލުގެ ބެލެނިވެރިކަމުގެ ދަށުންނެވެ.

      ވީމާ، މި މުބާރާތުގައި މިރަށުން ބައިވެރިވާނެ ޓީމެއް އެކުލަވާލާ ރަޖިސްޓްރީ ކުރަން ބޭނުންވާނަމަ  27 އޭޕްރީލް 2025 ވާ އާދިއްތަ ދުވަހު މެންދުރުފަހު 13:00 ގެ ކުރިން ހުށަހެޅުމަށް އެދި ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ޝައްވާލް 1446

20 އެޕްރީލް 2025