ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް ގެ ނަންބަރު 30-FBI/228/2025/2 ސިޓީއާއި ހަވާލާދީ ދަންނަވަމެވެ.
މިނިސްޓްރީން ހިންގަމުންގެންދާ އޮއިވާލި ކަނދުފަތި ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން ނޫނު އަތޮޅު މާފަރުގެ އިރުން ޤާއިމްކޮށްފައިވާ ކަނދުފަތީގެ މަޢުލޫމާޓު ތިރީގައި އެވަނީއެވެ.
| 
 ކަނދުފަތީގެ މަޢުލޫމާތު  | 
|
| 
 ޤާއިމްކުރި ސަރަޙައްދު  | 
 ނ. މާފަރުގެ އިރުން 9.5 މޭލުބޭރުން  | 
| 
 ކަނދުފަތީގެ ނަންބަރު  | 
 E10D01-02  | 
| 
 ޤާއިމްކުރި ތާޜީޙު  | 
 10 އެޕްރީލް 2025  | 
| 
 ޕޮޒިޝަން  | 
 5 ދަރަޖަ 49.800 މިނިޓް، އުތުރުން އަރުޟު (5°49.800’N) 73 ދަރަޖަ 38.800 މިނިޓް، އިރު ތޫލު (73°38.800’E)  | 
އެނގިވަޑައިގަންނަވާނޭ ފަދައިން ދޮށީގެ މަސްވެރިކަމަށް އަމާޒްކޮށް ޤާއިމްކުރާ ކަނދުފަތިތަކަކީ ދަޢުލަތުގެ ބޮޑުހޭދައެއްކޮށް، ބުރަ މަސައްކަތްތަކަކަށް ފަހު ޤާއިމްކޮށްފައިވާ ކަނދުފަތި ތަކެއްކަމުގައު ދަންނަވަމެވެ. މި ކަނދުފަތި ތަކާއިމެދު ސަމާލުވެ، ކަނޑުފައްޗަށް ގެއްލުމެއް ނުދިނުމަށް އިލްތިމާސްކުރަމެވެ.
ވީމާ، މިކަން އާއްމުކޮށް އަންގާ އިއުލާންކުރީމެވެ.