ދިވެހިރާއްޖެ
ދ . ބަނޑިދޫ ޞިއްޙީމަރުކަޒުގެ އުތުރުފަރާތު ( ފުރޮންޓް ) މަރާމާތުނުކުރެވޭވަރަށް ހަލާކުވެފައިވާ ހަތަރުކުޑަދޮރު ނައްޓާ އަމިއްލަ ތަކެތީގައި އަލުންއައުއަލްމީނިއަމްދޮރާއިދޮރުފަތް ހަރުކުރުމަށް ބޭވެއްޖެއެވެ. މިމަސައްކަތްކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާފަރާތްތަކުން ، 24 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 13:00އަށް ، ދ . ބަނޑިދޫ ޞިއްޙީމަރުކަޒަށް ކޯޓޭޝަން ހުށައެޅުއްވުމަށްދަންނަވަމެވެ.
މިމަސައްކަތަށް ކޯޓޭޝަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ، ވިޔަފާރިރަޖިސްޓްރީ ކުރުމުގެޤާނޫނު ( ޤާނޫނު ނަންބަރ : 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރ : 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާފަރާތްތަކަށެވެ.
މިމަސައްކަތް ކުރުމަށް ތައްޔާރުކުރެވިފައިވާ މަސައްކަތުގެ ސްޕެޝިފިކޭޝަން ފޯމް އާއި ދޮރުގެކުރެހުން ( އެނެކްސް 1 ) މިޢިއުލާން އާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
މިމަސައްކަތްކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާފަރާތްތަކުން 22 އޭޕްރީލް 2025 ވާ އަންގާރަ ދުވަހު ހެނދު 11:00 ން 12:00 އަށް މިއިދާރަށްދުރުވެ ނުވަތަ 7954778 އަށް ގުޅައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
މިމަސައްކަތްތައް ކޮށްދެއްވުމަށް ހުށައަޅާ ކޯޓޭޝަންތައް ހުށައެޅުމާއި ، ކެނޑުމަށް ހަމަޖެހިފައިވަނީ ، ކޯޓޭޝަންތައް ހުށައަޅާ ފަރާތްތަކުގެ ޙާޞިރުގައި 27 އޭޕްރީލް 2025 ވާ އާދިއްތަ ދުވަހު މެންދުރުފަހު 13:00 ގައި ދ . ބަނޑިދޫ ޞިއްޙީމަރުކަޒުގައެވެ.
ވީމާ ، މިކަން އާމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.