މަޤާމު:
|
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު:
|
1
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް
|
ޑިޕާޓްމަންޓް:
|
އެޑްމިނިސްޓްރޭޝަން
|
ގްރޭޑް:
|
05
|
ސްޕައިން ޕޮއިންޓް:
|
24
|
މަޤާމުގެ މުސާރަ:
|
މަހަކު 7,151.26 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 3,064.83 ރުފިޔާ
|
ސްޓްރަކްޗަރ އެޖަސްމަންޓް އެލަވަންސް:
|
މަހަކު 1,217.00 ރުފިޔާ
|
އިނާޔަޔްތައް:
|
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
- ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
- ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
- ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
- ސްޓާފް ޖިމް ފެސިލިޓީ
- ލައިބްރަރީ މެމްބަޝިޕް
|
ވަޒީފާގެ ބާވަތް:
|
ދާއިމީ
|
މަގާމުގެ ޝަރުތު:
|
- އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސެރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 01 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ފެކަލްޓީގައި ހިންގަމުންދާ ކޯސްތަކުގެ ހުރިހާ އިދާރީ ކަންތައްތަކެއް ބެލެހެއްޓުން
- ފެކަލްޓީގެ މަސައްކަތު ސްޓާފުންގެ ކަންތައްތައް ބެލެހެއްޓުން
- ފެކަލްޓީ އިމާރާތުގެ މެއިންޓަނަންސްއާއި ގުޅޭ ކަންތައްތައް ބަލަހައްޓާ ސްޕަވައިޒް ކުރުން.
- ފެކަލްޓީގައި ހުންނަ މެޝިނަރީތަކަށްޖެހޭ މައްސަލަތައް ކޮންޓްރެކްޓް ހެދިފައިވާ ފަރާތްތަކާ ހަވާލުކޮށް މައްސަލަތައް ހައްލުކުރުމާއި ސްޕަވައިޒްކުރުން.
- ފެކަލްޓީގެ ސްޓޮކް ބެލެހެއްޓުމާއި، މުވައްޒަފުންނަށް ސްޓޮކުން ތަކެތި ދޫކުރުމާއި، ސްޓޮކް އަޕްޑޭޓް ކުރުން އަދި އިންވެންޓްރީ މެނޭޖްކޮށް ބެލެހެއްޓުން.
- ފެކަލްޓީއިން އިންތިޒާމްކުރާ އެކިއެކި އިތުރު ހަރަކާތްތަކުގައި ބައިވެރިވުމާއި، އެ ހަރަކާތްތަކަށް ހޯދަންޖެހޭ ތަކެތި އޮންނަ އުސޫލުގެ މަތިން ހޯދާދިނުން.
- ފެކަލްޓީގައި ދުވަހުން ދުވަހަށް ކުރަންޖެހޭ އެހެނިހެން އެޑްމިން މަސައްކަތްތައްކުރުން.
- ޑިޕާޓްމަންޓްތަކުގެ ޔައުމިއްޔާ އަދި އިދާރީ އެހެނިހެން ލިޔެކިޔުމުގެ މަސައްކަތްކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2025 އެޕްރީލް 27 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNUHR-2024-49
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ކޮޕީ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން ސެޓްފިކެޓްތަކުގެ އޮރިޖިނަލްތައް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
** އެޓޭޗް ކުރައްވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “ޕީ.ޑީ.އެފް" ކޮށްފައެވެ.
|
ނޯޓް:
|
- މި މަޤާމަށް ހޮވޭ ފަރާތުން ޑިއުޓީ އަދާކުރަން ޖެހޭނީ ފެކަލްޓީން ކަނޑައަޅާ ވަގުތެއްގައެވެ. ނަމަވެސް ފެކަލްޓީގެ ކިޔެވުން ބަންދު ދުވަސްވަރު ޑިއުޓީއަށް ނުކުންނަން ޖެހޭނީ ރަސްމީގަޑީގައެވެ.
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.
|