ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-AD-1/1/2025/81
ޕަބްލިޝްކުރި ތާރީޚް: 17 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 07:24
ސުންގަޑި:
24 އެޕްރީލް 2025 23:59
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2025 އޭޕްރީލް 20 އިން 24 އަށް ހުޅުމާލޭގެ އިރުން 7 ނޯޓިކަލް މޭލު ބޭރުން ކަނޑުމަތީގައި އެމް.އެން.ޑީ.އެފް އިން އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދިއުން
އިޢުލާން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2025 އޭޕްރީލް 20 އިން 24 އަށް، ކޮންމެ ދުވަހެއްގެ 06:00 އިން 17:30 އަށް ހުޅުމާލޭގެ އިރުން 7 ނޯޓިކަލް މޭލު ބޭރުން ކަނޑުމަތީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުން 7 ނޯޓިކަލް މޭލު ބޭރުން 5000 މީޓަރ ދުރުމިނަށެވެ. އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރެވެ.
ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
17 އެޕްރީލް 2025