ދިވެހިރާއްޖެ
ސެކިއުރިޓީ އެސިސްޓަންޓް
ވަޒީފާ އަދާ ކުރަންޖެހޭ ތަން: ހުޅުމާލެ/ގުޅީފަޅު
މަސައްކަތު ގަޑި: ޝިފްޓް ޑިއުޓީ
ތައުލީމީ ފެންވަރާއި ތަޖުރިބާ:
އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއިއެކު މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ސިއްޙަތެއްގައި ހުރުން.
މަޤާމުގެ މަސްއޫލިއްޔަތު:
ސުޕަވައިޒަރުގެ އިރުޝާދާއި އެއްގޮތްވާ ގޮތިގެމަތިން ހަވާލުކުރެވޭ ސަރަހައްދު މޮނީޓަރކޮށް ސެކިޔުރިޓީ ބެލެހެއްޓުން.
މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- ހަމަޖެހިފައިވާ ޢުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ޒިޔާރަތްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތުގެ އިރުޝާދު ދިނުން.
- ސެކިއުރިޓީ ކެމަރާ އަދި އެލާމްތައް މަސައްކަތް ކުރޭތޯ ޔަގީންކުރުން.
- ގަވާއިދުން ރަށުތެރެ ބަލާ ފާސްކޮށް ސެކިއުރިޓީގެ ގޮތުން ރަނގަޅުކުރެވޭނެ ކަންކަން ސުޕަވައިޒަރުންނަށް ހުށަހެޅުން.
- ސެކިއުރިޓީ ބެލެހެއްޓުމަށް ކަނޑައެޅިފައިވާ ތަންތަނަށް ވެއްދޭ ތަކެއްޗާއި ބޭރުކުރެވޭ ތަކެތި މޮނިޓަރކޮށް، މައްސަލައެއް ކުރިމަތިވެއްޖެ ހިނދެއްގައި ސުޕަވައިޒަރަށް އަންގައި އެކަން ހައްލުކުރުން.
- ހަމަޖެހިފައިވާ ޢުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ސެކިއުރިޓީ ބެލެހެއްޓޭ އިމާރާތައް ވަދެނިކުމެހަދާ މީހުން ދެނެގަނެ، އިމާރާތުގެ ގޯތިތެރެއަށް ވަނުމަށް ހުއްދަލިބިފައިނުވާ ފަރާތްތައް ހުއްޓުވާ އެކަން ސުޕަވައިޒަރަށް ރިޕޯރޓްކުރުން.
- ހަވާލުކުރެވޭ މަސައްކަތްތައް އިޙްލާސްތެރިކަމާއި އެކު އަދާކޮށް، ވަގުތައް ކަމޭހިތައި އެހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުން.
- ކޯޕަރޭޝަނުން ހިންގާ އެކިއެކި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އެމަސައްކަތަކަށް އެއްބާރުލުން ދިނުން.
- މަގާމުގެ މަސްއޫލިއްޔަތާއި ގުޅޭގޮތުން ޑިޕާރޓްމަންޓުގެ އިސްވެރިޔާ ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- ސަލާމަތީ ކަންތައްތައް ދަންނަ މީހެއް ކަމުގައިވުން.
- މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރުން.
- މަސައްކަތްތައް ކަނޑައެޅިފައިވާ ވަގުތަށް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.
މުސާރަ: 10,500.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.
.............................................................................................................................
ބޭނުންވާ ލިޔެކިޔުންތައް:
- އައިޑީ ކާޑު ކޮޕީ
- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
- ސީވީ
ވަޒީފާގެ ބާވަތް:
ކޮންޓްރެކްޓް އުސޫލުން (ފުރަތަމަ އެއް އަހަރުގެ ކޮންޓްރެކްޓެއް ހުށައެޅުމަށްފަހު، ދާއިމީ ކުރުމަށް ނިންމާނީ ފުރަތަމަ ކޮންޓްރެކްޓް ނިމުމުންނެވެ).
މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 23 އޭޕްރީލް 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެޗް.ޑީ.ސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.
ޕޯޓަލް ލިންކު: (jobs.hdc.mv)
އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.