ދިވެހިރާއްޖެ
ހދ. ކުޅުދުއްފުށި، ޔެނިސީ، ޢާރިފް އަބޫބަކުރު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު A156166) އަކީ މި ކޯޓަށް ހުށަހެޅި ބަލަމުންގެންދާ ނަންބަރު 14,16,17/B12C/2025 (ސާބިތު ޚަރަދަށް ފައިސާ ނުދައްކާ މައްސަލަ) ޤަޟިއްޔާތަކާއި ގުޅިގެން، މި ކޯޓަށް ޙާޟިރުކުރަން ބޭނުންވެ، ކޯޓަށް ޙާޟިރުކުރެވިފައިނުވާ ފަރާތެކެވެ.
ވީމާ، 22 އެޕްރީލް 2025 މި ދުވަހުގެ 10:45 އަށް ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވުމަށް ހދ. ކުޅުދުއްފުށި، ޔެނިސީ، ޢާރިފް އަބޫބަކުރުއަށް އަންގަމެވެ. އަދި މިދެންނެވި ތާރީޚާއި ގަޑިއަށް ޢާރިފް އަބޫބަކުރު މި ކޯޓަށް ހާޟިރުނުވެއްޖެނަމަ، ނުވަތަ އެ ތާރީޚާއި ގަޑިއަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތުގައި ބައިވެރިވެފައިނުވާނަމަ، ކޯޓަށް ޙާޟިރުވުމަށް އެންގުނީ ކަމަށް ބަލައި، ޢާރިފް އަބޫބަކުރުގެ ޣައިރު ޙާޟިރުގައި މައްސަލަ ހިނގާ ނިންމާނެކަންވެސް އަންގަމެވެ.