ދިވެހިރާއްޖެ
ސްކޭން ކުރުމާއި ޕްރިންޓް ކުރުމަށް ބޭނުންވެއްޖެ
3 ފޮތެއް ސްކޭން ކުރުމާއި ޕްރިންޓް ކުރުމަށް ކުރެވުނު ނަންބަރު: IUL)22-PU/1/2015/213) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅި 3 ފަރާތުގެ ތެރެއިން 1 ފަރާތުން ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާތީ އެއިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
24 އޮގަސްޓު 2015 (ހޯމަ) ދުވަހުގެ 13:00 އަށް |
26 އޮގަސްޓު 2015 (ބުދަ) ދުވަހުގެ 13:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.
03 ޛުލްޤަޢިދާ 1436