ދިވެހިރާއްޖެ
މި ކުންފުނިން ހއ. އުލިގަމުގައި ތަރައްޤީކުރަމުންދާ ޔޮޓް މެރީނާގެ ބަތިމެޓްރީ ސަރވޭ ކުރުމަށްޓަކައި ޤާބިލު ކޮންސަލްޓަންޓެއްގެ ޚިދުމަތް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
1. |
ރަޖިސްޓްރޭޝަން އަދި މައުލޫމާާތު ސާފުކުރުން
|
24 އޭޕްރިލް 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން މި ލިންކުން (ބިޑްގައި ރަޖިސްޓާ ވުމަށް އެދޭ ފޯމް) ފިލްކުރުން.
މައުލޫމާތު ސާފުކުރުމަށް 28 އޭޕްރިލް 2025 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން އަށް އީމެއިލް މެދުވެރިކޮށް ސުވާލު ފޮނުވައިދެއްވުން އެދެމެވެ. [email protected] މި އަންދާސީ ހިސާބާ ގުޅުންހުރި މަޢުލޫމާތު ޝީޓާއި އެހެނިހެން ކަމާބެހޭ ލިޔެކިޔުންތައް، ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށް ހިއްސާކުރެވޭނެ ވާހަކަ ދެންނަވަމެވެ. |
2. |
އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް |
04 މެއި 2025 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އެމްޕީއެލް ހެޑްއޮފީހަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.) |
3. |
އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް |
އަގު ހުށަހަޅާ ފޯމް، ދާއިރާގެ ތަޖުރިބާ އަދި މައުލޫމާތު ޝީޓްގައި ގައި ބަޔާންކޮށްފައިވާ ލިޔުންތައް. |
މި ކުންފުނީގެ ބިޑްތަކަށް ރަޖިސްޓަރ ވުމުގެ ކުރިން، މި ކުންފުނީގެ ސަޕްލަޔަރ އެއްގޮތުގައި ސަޕްލަޔަރ ޕޯޓަލްގައި ރަޖިސްޓަރ ކުރަންވާނެއެވެ. ސަޕްލަޔަރ ޕޯޓަލް ގައި ރަޖިސްޓަރ ވުމަށް މި ލިންކް (ސަޕްލަޔަރ ޕޯޓަލް) އަށް ވެންނެވުމަށް ފަހު މައުލޫމާތުތައް ފުރިހަމަ ކުރެއްވުން އެދެމެވެ.
އަދި މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039294 އަށެވެ.