ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)491/491/2025/22
ޕަބްލިޝްކުރި ތާރީޚް: 17 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 13:51
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
704 ފްލެޓްތަކުގެ ސްޓްރަކްޗަރަލް އިންސްޕެކްޝަންއާއި ގުޅޭ

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީ)އާ ގުޅިގެން މުޅި ޢިމާރާތާއި ފްލެޓްތަކުގައި މަރާމާތުކުރަންޖެހޭ ތަންތަން ބަލައި އިވެލުއޭޓްކުރުމުގެ ގޮތުން ސްޓްރަކްޗަރަލް އިންސްޕެކްޝަންއެއް 2025 އޭޕްރީލް 21 އިން 2025 އޭޕްރީލް 24 އާ ދެމެދު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމުގައި ދަންނަވަމެވެ.

މިގޮތުން، 704 ފްލެޓްތަކުގެ ސްޓްރަކްޗަރަލް އިންސްޕެކްޝަން ކުރިއަށް ގެންދިޔުމަށްޓަކައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީ) ގެ މުވައްޒަފުންގެ ޓީމުން ފްލެޓްތައް އިންސްޕެކްޓް ކުރުމަށް ވަޑައިގަންނަވާނީ އެ މުވައްޒަފެއްގެ ރަސްމީ ކާޑާއެކުގައި ކަމުގައި ދަންނަވަމެވެ.

އެހެންކަމުން، 704 ފްލެޓްތަކުގެ ސްޓްރަކްޗަރަލް އިންސްޕެކްޝަން ކުރިއަށް ގެންދިޔުމަށް ވަޑައިގަންނަވާ ޓީމުގައި ހިމެނޭ މުވައްޒަފުންނަށް ފްލެޓްތަކަށް ވަދެ، އިންސްޕެކްޝަން ކުރިއަށް ގެންދިޔުމުގައި އެއްބާރުލުން ދެއްވުމަށް އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

17 އެޕްރީލް 2025