ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-PMU/101/2025/5
ޕަބްލިޝްކުރި ތާރީޚް: 17 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 13:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
2 ވަނަ ޕާކިސްތާން އިންޓަރނޭޝަނަލް މެރިޓައިމް އެގްޒިބިޝަން އެންޑް ކޮންފަރެންސް ގައި ބައިވެރިވުމުގެ ފުރުޟަތު ހުޅުވާލުން

ޕާކިސްތާންގެ ކަރާޗީ ގައި މިއަހަރު ނޮވެމްބަރ 3 އިން 6 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 2 ވަނަ ޕާކިސްތާން އިންޓަރނޭޝަނަލް މެރިޓައިމް އެގްޒިބިޝަން އެންޑް ކޮންފަރެންސް ގައި ބައިވެރިވުމުގެ ފުރުޟަތު ހުޅުވާލެވިފައިވާ ކަމުގެ މައުލޫމާތު ޕާކިސްތާން ސަރުކާރުން މި މިނިސްޓްރީ އާ ހިއްސާކޮށްފައިވެއެވެ. މި އެގްޒިބިޝަން އަދި ކޮންފަރެންސްގައި ކަނޑުގެ ސިނާއަތާއިބެހޭ އެފެއްދުންތައް، އަދި އިއާދަކުރަނިވިހަކަތަ އާއި ގުޅޭ އެފެއްދުންތައް ދައްކާލުމާއި މަޝަވަރާކުރުން ހިމެނެއެވެ.  

މި އެގްޒިބިޝަން އަދި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަން އަދި ބްރޯޝަރ މި އިއުލާންގައި އެއްކަރުދާސްކޮށްފައިވާ ވާހަކަ ދަންނަވަމެވެ.

 

17 އެޕްރީލް 2025