މަޤާމު:
|
ފެސިލިޓީސް އެންޑް މެއިންޓެނެންސް އެގްޒެކެޓިވް (ދާއިމީ)
|
ބޭނުންވާ ޢަދަދު: 1
|
މަސައްކަތްކުރަން ޖެހޭ ތަން:
|
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (މެއިން ކެމްޕަސް)
|
މަޤާމުގެ ގްރޭޑު/ ސްޕައިން ޕޮއިންޓު، މަޤާމުގެ ޝަރްޠުތައް، އަސާސީ މުސާރަ، އަދި ސަރވިސް އެލަވަންސް
|
މަޤާމު
|
ގްރޭޑް /
ސްޕައިން ޕޮއިންޓު
|
ޝަރުތު
|
މަޤާމުގެ އަސާސީ މުސާރަ
|
ސަރވިސް އެލަވަންސް
|
ފެސިލިޓީސް އެންޑް މެއިންޓެނެންސް އެގްޒެކެޓިވް
|
ADG6/32
|
މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
9,124.50 ރުފިޔާ
|
3,910.50 ރުފިޔާ
|
ADG6/33
|
އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 32 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
|
9,607.22 ރުފިޔާ
|
4,117.38 ރުފިޔާ
|
ADG6/34
|
އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 33 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
|
10,094.55 ރުފިޔާ
|
4,326.24ރުފިޔާ
|
ADG6/35
|
އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 34 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
|
10,582.19 ރުފިޔާ
|
4,535.22 ރުފިޔާ
|
ADG6/36
|
އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 35 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
|
10,978.22 ރުފިޔާ
|
4,704.95 ރުފިޔާ
|
ADG6/37
|
އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 36 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
|
11,374.40 ރުފިޔާ
|
4,874.74 ރުފިޔާ
|
ADG6/38
|
އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 37 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
|
11,770.43 ރުފިޔާ
|
5,044.47 ރުފިޔާ
|
ADG6/39
|
އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 38 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
|
12,166 ރުފިޔާ
|
5,214 ރުފިޔާ
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- ޔުނިވަރސިޓީގެ ޢިމާރާތްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުން
- އިމާރާތަށް ބޭނުންވާ މަރާމާތުތައް ބަލައި ލަސްނުކޮށް އެކަންކަން ހައްލުކޮށް ބެލެހެއްޓުން
- ކިޔަވައިދިނުމަށް ކްލާސްރޫމްތައް ތައްޔާރުކޮށް ބަލަހައްޓައިދިނުމަށް އެހީތެރިވުން.
- ޔުނިވަރސިޓީގެ ކަރަންޓާއި އިލެކްޓްރިކަލް ފިޓިންގްސްއަށް ދިމާވާ މައްސަލަތައް، ކަމާބެހޭ ފަރާތްތަކުގެ އެހީގައި ހައްލުކޮށް ބެލެހެއްޓުން
- ޔުނިވަރސިޓީގެ އެއަރކޮންޑިޝަނަރތަކަށް ދިމާވާ މައްސަލަތައް، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހައްލުކޮށް ބެލެހެއްޓުން.
- ޔުނިވަރސިޓީގެ ޢިމާރާތަށް ގެންނަން ބޭނުންވާ ބަދަލުތަކަށް ބޭނުންވާ ކުރެހުންތަކާއި ހުއްދަތައް، ކަމާބެހޭ ފަރާތްތަކުން ހޯދުމާއި، އެ މަސައްކަތްތައް ކުރެވޭނަމަ، އެކަންތައްތައް ބެލެހެއްޓުން
- ތަނުގެ ފާޚާނާތަކާއި ފަރުނީޗާރތަކަށް ލިބޭ ގެއްލުންތައް ބަލާ، ތަނުގެ ފެސިލިޓީސް ބޭނުންކުރެވޭ ރަގަނޅު ޙާލަތުގައި ބެހެއްޓުމަށް އަމިއްލައަށް ކުރެވޭވަރުގެ މަރާމާތުތައްކޮށް އަދި ބޮޑެތި މަރާމާތްތައް ވެރިންގެ އިރުޝާދުގެ މަތިން ކުރުވުން.
- މެއިންޓަނަންސާއި ގުޅޭ މަސައްކަތްތައް ކުރުމަށް ހުޅުވަންޖެހޭ ތަންތަން ހުޅުވައި، މަސައްކަތްކުރަމުންދާއިރު ތަނާއި ތަކެތި ޒިންމާދާރު ގޮތެއްގައި ބެލެހެއްޓުން.
- ތަނުގެ އިކްވިޕްމަންޓްތައް މަރާމާތުކުރުމުގައި ބައިވެރިވެ، ތަކެތި ބެލެހެއްޓުން.
- ކޮންޓުރެކްޓް މަސައްކަތަށް ޙަވާލުކުރެވިފައިވާ މެއިންޓަނަންސް މަސައްކަތްތަކުގެ ލޮގް ރިޕޯޓާއި މަސައްކަތް ކުރިގޮތުގެ ރިޕޯޓް ފުރިހަމަކުރުން.
- ޔުނިވަރސިޓީގެ ރިސެޕްޝަން އަދި މަސައްކަތު މީހުންގެ މަސައްކަތްތައް ސްޕަވައިޒްކުރުން.
- އެޑްމިނިސްޓްރޭޝަން އެންޑް މެއިންޓެއިނެންސް ޑިޕާޓްމަންޓުގެ ހުރިހާ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން
- ދަށުން މަސައްކަތް ކުރައްވާ މުވައްޒަފުންގެ ޕަރފޯމަންސް އެޕްރައިޒަލްގެ މަސައްކަތްތައް ކުރުން.
- މުވައްޒަފުންނާއި ގުޅޭ އެންމެހާ ކަންތައްތައް ހިނގާ ނުހިނގާގޮތް ބަލައި، އިޞްލާޙު ކުރަންޖެހޭ ކަންކަން އިޞްލާޙް ކުރުމާއި ފިޔަވަޅު އެޅުން.
- ޑިޕާރޓްމަންޓްއިން ކުރާ އެކިއެކި މަސައްކަތްތަކަށް ހޯދަންޖެހޭ ތަކެތި ރިކުއެސްޓްކުރުމާއި، ލިބޭ ތަކެއްޗާއި، ބޭނުންކުރެވޭތަކެތީގެ ހިސާބު ދުވަހުން ދުވަހަށް ޗެކުކޮށް ބެލެހެއްޓުން.
- ޑިޕާރޓްމަންޓުން ފޮނުވާ ސިޓީ، މެމޯ ފަދަ ލިޔުންތައް ތައްޔާރުކުރުމާއި ޑިޕާރޓްމަންޓަށް ލިބޭ ލިޔުންތަކާއި، ފޮނުވާ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
- ޔުނިވަރސިޓީގެ އެހެނިހެން ޑިޕާރޓްމަންޓްތަކަށް އިދާރީގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުން.
- ޔުނިވަރސިޓީއަށް އަންނަ އެޑްމިނިސްޓްރޭޝަނާއި ގުޅުންހުރި ލިޔުންތައް ރަޖިސްޓަރކޮށް އެލިޔުންތައް ޙަވާލުކުރަންޖެހޭ ޑިޕާޓްމަންޓް / ޑިވިޜަން / ސެކްޝަން / ޔުނިޓްތަކަށް ޙަވާލުކުރޭތޯ ބެލުން.
- ޑިޕާރޓްމަންޓުގެ ސްޓްރެޖިކް ޕްލޭނާއި، އެކްޝަން ޕްލޭން އަދި އަހަރީ ޕްލޭން އެކުލަވާލައި، އެޕްލޭނާއި އެއްގޮތަށް މަސައްކަތް ރާވައި ހިންގައި ބެލެހެއްޓުން.
- މަޤާމުގެ މަސައްކަތާއި ގުޅިގެން، އަދާކުރަންޖެހޭ މަސްޢޫލިއްޔަތުތައް އަދާކުރުމާއި، ޑެޕިއުޓީ ވައިސް ޗާންސަލަ (އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް) އަށް ޖަވާބުދާރީވުން.
- މަސައްކަތާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ލިޔެކިއުންތަކާއި ރިޕޯޓްފަދަތަކެތި ތައްޔާރުކުރުމުގެ މަސައްކަތް ބެލެހެއްޓުން.
- ޑިޕާޓްމަންޓުގެ ބަޖެޓް ތައްޔާރުކުރުން.
- މަސައްކަތުގެ ދާއިރާއިން ޑެޕިއުޓީ ވައިސް ޗާންސަލަ (އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް) އަންގަވާ ކަންކަމުގައި ފުރިހަމައަށް އެއްބާރުލުންދީ، ޔުނިވަރސިޓީގެ ލަނޑުދަނޑިތައް ޙާސިލުކުރުމަށް މަސައްކަތް ކުރުން.
- ޑެޕިއުޓީ ވައިސް ޗާންސަލަ (އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް) ލަފަޔާއި އިރުޝާދުގެ މަތިން ޔުނިވަރސިޓީގެ އިދާރީ މަސައްކަތްތައް ރާވައި، ވަކި އިންތިޒާމެއްދެ ދަށުން ހިންގާ ބެލެހެއްޓުން
- އެންޓްރީ އަދި ޔައުމިއްޔާ ޤަވާޢިދުން ބަލަހައްޓަމުންދޭތޯ ޗެކްކުރުން.
- ތަފާސް ހިސާބާބެހޭ އެންމެހާ ކަންތައްތައް ކުރެވެނީ ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތައްތޯ ބެލެހެއްޓުން.
- ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދު ހިންގުމުގައާއި ފައިސާގެ އެންމެހާ މަސައްކަތްތައް ކުރެވެމުންދަނީ ދައުލަތުގެ މާލިއްޔާތާއިބެހޭ ޤަވާޢިދާއި އެއްގޮތައްތޯ ބެލެހެއްޓުން.
- ޔުނިވަރސިޓީގެ މީޓިންގތައް ކަނޑައެޅިފައިވާ ދުވަސްތަކުގައި ހާޒިރުވުން.
- މަތީގައިވާ ކަންތައްތަކުގެ އިތުރުން، ޔުނިވަރސިޓީން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި ޔުނިވަރސިޓީގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ސްޕަވައިޒަރު ހަވާލުކުރާ އެންމެހައި މަސައްކަތްތައް ކުރުން.
- ޑެޕިއުޓީ ވައިސް ޗާންސެލަރުން އެކި އެކި ބޭފުޅުންނަށް އަންގަންޖެހޭ ލިޔުންތައް ތައްޔާރުކޮށް އެބޭފުޅުންނަށް ރައްދުކޮށްދިނުން.
- ޑެޕިއުޓީ ވައިސް ޗާންސެލަރުން ހަވާލުކުރާ އިދާރީ އެންމެހާ މަސައްކަތްތައް ދުވަހުން ދުވަހަށް ކުރުން.
- ޗާންސެލަރ/ވައިސްޗާންސެލަރ/ޑެޕިއުޓީވައިސްޗާންސެލަރުންގެ ރަސްމީ ދަތުރުތަކުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސައި ދަތުރު ރިޕޯޓު ތައްޔާރުކޮށް ފައިލްކުރުން.
- ޔުނިވަރސިޓީގެ ހަރު މުދަލާއި އިންވެންޓްރީގެ ކަންތައް ހަރުދަނާ ނިޒާމެއްގެމަތީން އިންތިޒާމުކޮށް ބެލެހެއްޓުން.
- ދުވަހުން ދުވަހަށް ސްޓޮކް ބާކީކޮށް، ސްޓޮކަށް ވައްދާ ތަކެތީގެ ރިކޯޑު ބެލެހެއްޓުން.
- ހަމަޖެހިފައިވާ ގަޑިތަކުގައި ސްޓޮކުން ތަކެތި ދޫކުރުން އަދި ހަވާލުކުރެވޭ މުވައްޒަފުން ލައްވާ އެތަކެތި އެ މުވައްޒަފާ ހަވާލުކުރިކަމަށް ސޮއިކުރުވުން
- ކޮންމެ ހަފްތާއަކުވެސް ޔުނިވަރސިޓީގެ އެޗް.އާރު.އެމް.ޑީ.ސީ (ހިޔުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް) ކޮމިޓީގެ ބައްލުވުމުގެ އެޖެންޑާ ތައްޔާރުކޮށް ދުވަހުން ދުވަހަށް ކޮމިޓީގެ ޔައުމިއްޔާ ލިޔުމަށްފަހު ކޮމިޓީގެ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ފައިލް ކުރުން.
- ގަވާއިދުން ސްޓޮކް ބަލަހައްޓައި ސްޓޮކުން މަދުވާ ސާމާން ހޯދުމަށް ޕްރޮކިއުމަންޓް ސެކްޝަނުގައި އެދުން.
- ޔުނިވަރސިޓީގެ ހަރުމުދަލުގެ އިންވެންޓްރީ މާލިއްޔަތު ޤާނޫނުގެ ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބެލެހެއްޓުން.
- މަތީގައިވާ ކަންތައްތަކުގެ އިތުރުން، ޔުނިވަރސިޓީގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ ކަންތައްތައް ކުރުން.
- ޑެޕިއުޓީ ވައިސް ޗާންސެލަރުން ބޭރުގެ އެކި އެކި ފަރާތްތަކާއި އެކު އެޕޮއިންޓްމަންތައް ރާވައި ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުން.
- ޔުނިވަރސިޓީގެ އިދާރީ ކޮމެޓީތަކުގެ ސެކްރެޓޭރިއަޓްކަން ބެލެހެއްޓުން.
- މަތީގައިވާ ކަންތައްތަކުގެ އިތުރުން، ޔުނިވަރސިޓީން ކުރިޔަށް ގެންދާ ޙާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި ޔުނިވަރސިޓިގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ސްޕަވައިޒަރު ހަވާލުކުރާ އެންމެހައި މަސައްކަތް ކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
- މުވައްޒަފަށް ދެވޭ އަސާސީ މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން ސްޕެޝަލް ޑިއުޓީ އެލަވަންސް (އަސާސީ މުސާރައިގެ35% ) ދެވޭނެއެވެ.
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
- ސްޓާފް ހެލްތު އިންޝިއުރަންސް ސްކީމް ދެވޭނެއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
- ލިބިފައިވާ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)
|
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (ދެ ފުށް ފެންނާނެހެން ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:
|
- ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.
- https://forms.gle/fiYKuekHk4EnLdMK8
- އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
- އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
|
އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:
|
- 23 އޭޕްރީލް 2025 ވަނަ ދުވަހުގެ 23:59 އަށް
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
- މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 އިން މެންދުރު 14:00 އަށެވެ.
- މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 24 އޭޕްރީލް 2025 އިން 15 މެއި 2025 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
|