ދިވެހިރާއްޖެ
އިއުލާން
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލު ބޭނުންކުރަމުންގެން ދާ ލޯޑަރ އަށް މަރާމާތު ކުރުމާއި ބޭނުންވާ ތަކެތި ހޯދުން
ތިމަރަފުށީ ކައުންސިލުގެ އިދާރާ ގައި ބޭނުންކުރަމުން ގެންދާ ލޯޑަރ އަށް ބޭނުންވާ ތަކެއްޗާއި، ޖެހިފައިވާ މަސްއަލަތައް ބަލާ ރަގަޅު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
1- ލޯޑަރ ޖެހިފައިވާ މަސައްލަ ބަލާޗެކުކޮށް ރަގަޅުކުރުން
2- 70 އެމްޕިއަރުގެ 2 ބެޓެރި ހޯދުން
3- ލޯޑަރ އަށް ބޭނުންކުރާ ހައިޑްރޯލިކް ތެޔޮ (40 ލިޓަރ)
4- ލޯޑަރ އަށް ބޭނުންވާ ފިލްޓަރ ތައް
|
|
އަގު ހުށަހެޅުން: |
އަގު ހުށަހެޅުމުގެ ސުންގަޑިއަކީ އަދި ބީލަންތައް ހުޅުވުން އޮންނާނީ 21 އޭޕްރީލު 2025 ވާ ހޯމަ ދުވަހުގެ 10:00 ގައި ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔުންތައް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަން ވާނެއެވެ. |
|
|
އިތުރު މަޢުލޫމާތު
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6780671 އަށް ގުޅުއްވުމަށް ދަންނަވަމެވެ. އަދި މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.