ދިވެހިރާއްޖެ
މި ކުންފުނީގެ ތިލަފުށީ ޕޯޓްގެ އީ.އައި.އޭ، ޖިއޯޓެކްނިކަލް، ހައިޑްރޯ-ސާރވޭ އަދި ބަތިމެޓްރީ ސާރވޭ ކޮށްދޭނެ ކޮންސަލްޓެންޓް އެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
1. |
ރަޖިސްޓްރޭޝަން އަދި މައުލޫމާާތު ސާފުކުރުން
|
23 އޭޕްރިލް 2025 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން މި ލިންކުން (ބިޑްގައި ރަޖިސްޓާ ވުމަށް އެދޭ ފޯމް) ފިލްކުރުން. މައުލޫމާތު ބައްދަލުވުން 24 އޭޕްރިލް 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 އެމްޕީއެލް ހެޑްއޮފީހުގައި. (މައުލޫމާތު ބައްދަލުވުމުގައި ބައިވެރިވެވޭނީ ބިޑްގައި ރަޖިސްޓާ ވާ ފަރާތަތަކަށް އެކަންޏެވެ.) ސައިޓް ވިސިޓް އޮންނަދުވަހާއި ތަނުގެ މައުލޫމާތު، މައުލޫމާތު ބައްދަލުވުމަށް ހާޒިރުވާ ފަރާތަތަކަށް ހިއްސާކުރެވޭނެއެވެ. (މައުލޫމާތު ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެެ.) |
2. |
އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް |
7 މެއި 2025 ވާ ހޯމަ ދުވަހުގެ 11:00 އަށް އެމްޕީއެލް ހެޑްއޮފީހަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.) |
3. |
އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް |
އަގު ހުށަހަޅާ ފޯމް، ދާއިރާގެ ތަޖުރިބާ އަދި މައުލޫމާތު ޝީޓްގައި ގައި ބަޔާންކޮށްފައިވާ ލިޔުންތައް. |
މި ކުންފުނީގެ ބިޑްތަކަށް ރަޖިސްޓަރ ވުމުގެ ކުރިން، މި ކުންފުނީގެ ސަޕްލަޔަރ އެއްގޮތުގައި ސަޕްލަޔަރ ޕޯޓަލްގައި ރަޖިސްޓަރ ކުރަންވާނެއެވެ. ސަޕްލަޔަރ ޕޯޓަލް ގައި ރަޖިސްޓަރ ވުމަށް މި ލިންކް (ސަޕްލަޔަރ ޕޯޓަލް) އަށް ވެންނެވުމަށް ފަހު މައުލޫމާތުތައް ފުރިހަމަ ކުރެއްވުން އެދެމެވެ.
އަދި މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039294 އަށެވެ.