ތަމްރީނު
ނަންބަރު: (IUL)179-2/1/2025/3
ޕަބްލިޝްކުރި ތާރީޚް: 16 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 15:00
ސުންގަޑި: 08 މޭ 2025 23:59
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޑައިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމް 2025

 
މި އޮތޯރިޓީގެ އިންސްޓިޓިއުޓް އޮފް ކޯޕަރޭޓް ޑައިރެކްޓަރސް އެންޑް ސެކްރެޓަރީސް (ICDS) އިން ކުންފުނިތަކުގެ ބޯޑު ޑައިރެކްޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް، 13-15 މެއި 2025 އަށް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
 
 ޕްރޮގްރާމްގެ ނަން:
 ޑައިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމް (މެއި) 2025
 ތާރީޚް:
 13 – 15 މެއި 2025 | (09:00 އިން 16:00 އަށް)
 ޓާރގެޓް އޯޑިއަންސް:
 ލިސްޓެޑް ކުންފުނިތަކުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ ބޯޑް   ޑައިރެކްޓަރުންނާއި މިދާއިރާއަށް ޝައުޤުވެރިވާ ފަރާތްތައް
 ފޯމް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚް:
 8 މެއި 2025
 ފީ:
 1,800 ރުފިޔާ
 ޖާގަ:
 30
 
މި ޕްރޮގްރާމުގައި ބައިވެރިވާން އެދިވަޑިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު، ޕޭމަންޓް ސްލިޕް އަދި އައީ.ޑީ.ކާޑްގެ ކޮޕީ އެޓޭޗްކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު އައި.ސީ.ޑީ.އެސް ގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
 
16 އެޕްރީލް 2025