ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)320-PRM/320/2025/56
ޕަބްލިޝްކުރި ތާރީޚް: 16 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 14:26
ސުންގަޑި: 20 އެޕްރީލް 2025 00:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.އޭދަފުށީގައި ޢިމާރާތްކުރާ ތަންތަނުގެ ހުއްދައާއި ގުޅޭ

         ބ.އޭދަފުށީގައި ޢިމާރާތްކުރާ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މި ކައުންސިލުން ދީފައިވާ ޢިމާރާތް ކުރުމުގެ ހުއްދައިގެ ދަށުން، ބައެއްފަރާތްތަކުން ޢިމާރާތް ކުރާ ތަންތާގައި ވެރިފަރާތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިނުވާކަން މި ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ.

            ރައްކާތެރިކަމުގެ ފިޔަވަޅުނާޅާ އަދި ޢިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ފަރާތްތަކުން 2025 އޭޕްރިލް 20ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ދެވިފައިވާ ހުއްދައާއި  އެއްގޮތަށް މަސައްކަތްކުރުމަށް އަންގަމެވެ. އަދި ދެވިފައިވާ މުއްދަތުގެފަހުން ރައްކާތެރިކަމުގެ ފިޔަވަޅުނާޅާ މަސައްކަތްކުރާ ފަރާތްތަކުގެ ހުއްދަ ބާޠިލްކުރެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.

              މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                 

              18  ޝައްވާލް   1446

16 އެޕްރީލް 2025