ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)269/269/2025/23
ޕަބްލިޝްކުރި ތާރީޚް: 16 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 23 އެޕްރީލް 2025 13:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

މިރަށު ބަނދަރު ދެކުނުން ތިޔަރަމަގުގެ އިރުމަތީގައި ހުރި، މި އިދާރާއިން ރަތްކުލައިގެ ދަވާދުން (1 އިން 17) އަށް ނަންބަރު ޖަހާފައިވާ 17 ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިރުއްގަހުގެ ވެރިފަރާތްތަކުން، "އަމިއްލަ ފަރާތްތަކުގެ ރުއްގަހުގެ މަޢުލޫމާތު ހުށަހަޅާ ފޯމް" ފުރުއްވުމަށްފަހު، 2025 އެޕްރީލް 23 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިދެންނެވި ފޯމް ތިރީގައިވާ ލިންކުން އަދި މިއިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ. މަތީގައި ދަންނަވާފައިވާ މުއްދަތުގެ ކުރިން ހުށަނާޅުއްވާ ރުއްގަސް އެއީ ރައްޔިތު ރުއްގަހުގެ ގޮތުގައި ބަލާ ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ.

     ފޯމްގެ ލިންކް: https://tinyurl.com/yck97wp9

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 އެޕްރީލް 2025