ދިވެހިރާއްޖެ
މިއަހަރު (2025) ބާއްވާ ކައުންސިލް ކަޕް ފުޓުބޯޅަ އަދި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ޖޫން 10 ވަނަ ދުވަހުއެވެ.
ވީމާ، މުބާރާތުގައި ބައިވެރިވާން ޝައުޤުވެރިވާ ޓީމް/ކުލަބުތަކުން 2025މޭ 1 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި އެކު މުބާރާތުގައި ބައިވެރިވުމަށްއެދޭ ފީ އާއި އަހަރީ ފީ އަދި ޓީމް/ކުލަބުގެ ރަޖިސްޓްރީ ކޮޕީ ހުށައަޅަންވާނެއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިތާރީޚުގެ ކުރިން ޓީމެއް/ކުލަބެއް އަލަށް މި މުބާރާތުގައި ބައިވެރިވާނަމަ ރަޖިސްޓްރީގެ ކަންކަން ކޮށްނިންމަންވާނެއެވެ.
މުބާރާތުގައި ބައިވެރިވުމަށްއެދޭ ފީ ގެ ތަފްސީލް
- ފުޓްބޯޅަ މުބާރާތް : -/2000 ރުފިޔާ
- ހޭންޑްބޯޅަ މުބާރާތް: -/1000 ރުފިޔާ
17 ޝައްވާލް 1446
16 އޭޕްރިލް 2025