ދިވެހިރާއްޖެ
ގދ.ފަރެސްމާތޮޑާ ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި ބޭނުންކޮށްފައިވާ (މިހާރު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ) 02 ޕިކަޕް ނީލަންކިއުމަށް މި އިދާރާއިން ކޮއްފައިވާ ނަންބަރު އިޢުލާން: (IUL)423/423/2025/001 (02 މާރިޗު 2025) އާއިގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ ދެންނެވުނު އިޢުލާން ބާތިލްކޮށް މި ތަކެތި ނީލަމުގައި ވިއްކާލުމަށް ހުޅުވާލަމެވެ.
- ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ޢިއުލާނާއެކު އެއްހީރަސް ކޮށްފައިވާ "ނީލަމުގައި ރަޖިސްޓަރީވާ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު މި އިދާރާގެ މެއިލް އެޑްރެސް [email protected] އަށް ފޮނުވުމަށް އެދެމެވެ. މިއިދާރާއަށް މެއިލް ލިބުމުން މެއިލް ކުރިފަރާތަށް ނީލަމުގައި ރަޖިސްޓްރީވިކަމުގެ މެއިލްކުރެވޭނެއެވެ.
- ނީލަމުގައި ރަޖިސްޓަރީވާން އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ރަސްމީދުވަސްތަކުގައި 9:00 އިން 13:00އަށް މި އިދާރާގެ ކައުންޓަރުން ހަމަޖެހިފައިވާނެއެވެ.
- ނީލަން ކިއުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ ގޮތުގެމަތިން ނީލަމުގައި ރަޖިސްޓަރީވުމަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
- ނީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ، 2025 އެޕްރީލް 24 ވަނަ ދުވަހުގެ 13:00 އެވެ. ނީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ނީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- ނީލަން ކިއުން އޮންނާނީ، 2025 އެޕްރީލް 27 ވަނަ ދުވަހުގެ 10:00 (ހެނދުނު) ގައި މިއިދާރާގެ ގޯތިތެރޭގައެވެ. ނީލަން ކިޔާނީ ހާޒިރީންގެ ހާޒިރުގައި އަނގަބަހުންނެވެ. އަދި ނީލަމަށް އިތުރުކުރަން ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ. ގަޑި ޖެހުމަށްފަހު ހާޒިރުވާ ފަރާތްތަކަށް ނީލަމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.
ނީލަން ނަންބަރ: 01/2025 |
|
ރަޖިސްޓްރީ ނަންބަރ: |
B C1A G3717 |
ޗެސިސް ނަންބަރު: |
KDY231-8007794 |
މޮޑެލް ނަންބަރު: |
LDF-KDY231-TLMGY |
އިންޖީނު ނަންބަރު: |
1KD-2098179 |
އެތެރެކުރި އަހަރު: |
2016 |
ހަކަތައިގެ ބާވަތް: |
ޑީސެލް |
އުފުލޭ ބަރުދަން: |
1500KG |
ނީލަން ފެށޭއަގު: |
30,000.00ރ |
ފަހަރަކު އިތުރު ކުރެވޭނެ އެންމެ ކުޑަ އަގު: |
1000.00ރ |
ނީލަން ނަންބަރ: 02/2025 |
|
ރަޖިސްޓްރީ ނަންބަރ: |
B C2 A G2241 |
ޗެސިސް ނަންބަރު: |
BJ1046V9P |
މޮޑެލް ނަންބަރު: |
HLQ5046ZXXB |
އިންޖީނު ނަންބަރު: |
BJ493ZQ-NF2 |
އެތެރެކުރި އަހަރު: |
2015 |
ހަކަތައިގެ ބާވަތް: |
ޑީސެލް |
އުފުލޭ ބަރުދަން: |
2000 KG |
ނީލަން ފެށޭއަގު: |
100.00ރ |
ފަހަރަކު އިތުރު ކުރެވޭނެ އެންމެ ކުޑަ އަގު: |
50.00ރ |
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.