ދިވެހިރާއްޖެ
ނަންބަރު: (IUL)101-BFS/1/2025/21
އިޢުލާން
ނޭޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ރަސްމީކޮށް ބޭނުންކުރަން ފެށުން
2 ފެބްރުއަރީ 2025 ވަނަ ދުވަހު ބޭއްވުނު ކެބިނެޓް ބައްދަލުވުމުގައި ނިންމެވި ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ތަޞައްވަރާ އެއްގޮތްވާ ގޮތުގެ މަތިން، އިމްޕޯޓް އެކްސްޕޯޓާއި
ގުޅުންހުރި ބޯޑަރުގައި ޙަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތައް އެއް ވިއުގައަކުން ގުޅާލުމަށް "ޓްރޭޑިއަން" ޕްލެޓްފޯމް، 20 އެޕްރީލު 2025
އިން ފެށިގެން، ރަސްމީކޮށް ބޭނުންކުރަން ނިންމެވިކަން އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.
ނެޝަނަލް ސިންގަލް ވިންޑޯ ފޭސް -1 ގެ ދަށުން ޓްރޭޑިއަން ޕްލެޓްފޯމްއިން ފޯރުކޮށްދެވޭނެ ޚިދުމަތްތައް
# |
ޚިދުމަތްތައް |
ޚިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ އިދާރާ/ކުންފުނި |
1 | ފޮރިން ގޮއިން ވެސަލް ރަޖިސްޓްރީކުރުން |
- މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން - މޯލްޑިވްސް ކަސްޓަމްސް ސަރވިސް - މޯލްޑިވްސް ޕޯޓްސް ލިމިޓެޑް |
2 | ވެސަލް އެރައިވަލް އިންފޮރމޭޝަން ހުށަހެޅުން (އީ.ޓީ.އޭ/އީ.ޓީ.ޑީ) |
- މޯލްޑިވްސް ކަސްޓަމްސް ސަރވިސް - މޯލްޑިވްސް ޕޯޓްސް ލިމިޓެޑް |
3 | ސީ ކާރގޯ މެނިފެސްޓް ހުށަހެޅުން |
- މޯލްޑިވްސް ކަސްޓަމްސް ސަރވިސް - މޯލްޑިވްސް ޕޯޓްސް ލިމިޓެޑް |
4 | ޕޯކް އެންޑް ލިކަރ އިމްޕޯޓް ޕަރމިޓަށް އެދި ހުށަހެޅުން |
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް |
5 | ކޮންސްޓްރަކްޝަން މެޓީރިއަލް އިމްޕޯޓް ޕަރމިޓަށް އެދި ހުށަހެޅުން |
- މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ |
ޓްރޭޑިއަން ޕްލެޓްފޯމް ބޭނުންކުރަން ހަމަޖެހިފައިވާ ގޮތުގެ ޓައިމްލައިން
16 އިން 19 އެޕްރީލު 2025 އަށް |
މިހާތަނަށް ޓްރޭޑިއަން ޕްލެޓްފޯމްގައި ރަޖިސްޓްރީވެފައިނުވާ ޝިޕިންގ އެޖެންޓުންނާއި ފްރައިޓް ފޯވަރޑިންގ ޚިދުމަތް ދޭ ފަރާތްތައް ރަޖިސްޓްރީވުމަށް ހުޅުވާލުން.
|
20 އެޕްރީލު 2025 |
ޓްރޭޑިއަން ޕްލެޓްފޯމް ރަސްމީކޮށް ބޭނުންކުރަން ފެށުން. |
20 އެޕްރީލު އިން 31 މޭ 2025 ނިޔަލަށް |
19 އެޕްރީލު 2025 ގެ ނިޔަލަށް، ޓްރޭޑިއަން ޕްލެޓްފޯމްގައި ރަޖިސްޓްރީ ވެފައިނުވާ ޝިޕިންގ އެޖެންޓުންނާއި ފްރައިޓް ފޯވަރޑިންގ ޚިދުމަތް ދޭ ފަރާތްތައް ރަޖިސްޓްރީވުމަށް ދެވޭ މުއްދަތު. |
1 ޖޫން 2025 |
މި އިޢުލާންގައި ބަޔާންކޮށްފައިވާ ޚިދުމަތްތައް ދިނުމަށް، ޓްރޭޑިއަން ޕްލެޓްފޯމް ފިޔަވައި އެހެން ޕޯޓަލްތައް ބޭނުންކުރުން ހުއްޓާލުން. |
ވީމާ، މި އިޢުލާނުގައި ބަޔާންކޮށްފައިވާ އިމްޕޯޓް އެކްސްޕޯޓާގުޅޭ ޚިދުމަތްތައް ހޯއްދެވުމަށް ޓްރޭޑިއަން ޕްލެޓްފޯމް ބޭނުންކުރައްވަމުން ގެންދެވުމަށް ދެންނެވީމެވެ. 1 ޖޫން 2025 ފެށިގެން،
މި ޚިދުމަތްތައް ހޯއްދެވޭނެ ހަމައެކަނި ޕްލެޓްފޯމަކީ ޓްރޭޑިއަން ކަމަށްވާތީ، އެ ސުންގަޑީގެ ކުރިން ޓްރޭޑިއަން ޕްލެޓްފޯމްގައި ރަޖިސްޓްރީކުރެއްވުމަށް އެންމެހާ ޝިޕިންގ އެޖެންޓުންނަށާއި
ފްރައިޓް ފޯވަރޑިންގ ޚިދުމަތް ދޭ ފަރާތްތަކަށް ދެންނެވީމެވެ.
ޓްރޭޑިއަންގައި ރަޖިސްޓްރީވުމާއި ޕްލެޓްފޯމް މެދުވެރިކޮށް ޚިދުމަތްތައް ހޯއްދެވުމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން، ޓްރޭޑިއަންގެ ސަޕޯޓް (ފޯން:3334001) އަށް
ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
މި އިޢުލާނަކީ، ޓްރޭޑިއަން ޕްލެޓްފޯމްގައި ޝާމިލްވާ ތިރީގައި ބަޔާންކުރެވިފައިވާ އިދާރާތައް ގުޅިގެން ކުރެވިފައިވާ އިޢުލާނެކެވެ.
1- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
2- މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
3- މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން
4- މޯލްޑިވްސް ކަސްޓަމްސް ސަރވިސް
5- މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
6- ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް (ޓްރޭޑިއަން ޕްލެޓްފޯމް އޮޕަރޭޓަރ)
18 ޝައްވާލް 1446
16 އެޕްރީލު 2025