ދިވެހިރާއްޖެ
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 އެޕްރީލް 24 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިމަރުކަޒުގެ އޮފީހަށް ކޯޓޭޝަން ހުށައެޅުއްވުންއެދެމެވެ. ކޯޓޭޝަންގައި މިމަސައްކަތް ކޮށްދެވޭނެ އަގާއި، މަސައްކަތް ނިންމޭނެ މުއްދަތު ހިމަނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށައަޅުއްވާ ކޯޓޭޝަންތަކާއި، މައުލޫމާތު ފުރިހަމަނުވާ ކޯޓޭޝަންތައް ބަލައި ނުގަނެވޭނެއެވެ. މަސައްކަތަށް ބޭނުންވާ މަޢުލޫމާތު ޝީޓް މިޢިއުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.