ވަޒީފާގެ ފުރުޞަތު
ނަންބަރު: 153-SE/IUL/2025/06
ޕަބްލިޝްކުރި ތާރީޚް: 15 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 08:43
ސުންގަޑި: 22 އެޕްރީލް 2025 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަށް މެންބަރެއް ޢައްޔަނުކުރުން

މަޤާމް :ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަށް މެންބަރެއް ޢައްޔަނުކުރުން
ބޭނުންވާ އަދަދު :1

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަކީ، ޔުނިވަރސިޓީ ހިންގާ އެންމެ އިސް މަޖިލިހެވެ. މި މަޖިލިހުގައި މަތީ ތަޢުލީމާބެހޭ ވަޒީރު އައްޔަންކުރާ ޔުނިވަރސިޓީއިން ބޭރުގެ 8 މެންބަރުން ހިމެނެއެވެ. ތަޢުލީމު ދިނުމާއި އުނގެނުމުގެ ދާއިރާއިން، ކައުންސިލަށް މެންބަރެއް ބޭނުންވާތީ، ޝައުޤުވެރިވާ ފަރާތްތަކުން ކުރިމަތިލެއްވުން އެދެމެވެ.

މެންބަރުކަމުގެ ޝަރުޠު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނުގެ 12 ވަނަ މާއްދާގައި ހިމެނޭ ޝަރުޠުތައް ތިރީގައި އެވަނީއެވެ.

  •  

ޢުމުރުން 18 އަހަރު ފުރިފައިވުން.

  •  

އިސްލާމް ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

  •  

މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.

  •  

ޔުނިވަރސިޓީގެ ކައުންސިލްގެ މެންބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތު އަދި މަސައްކަތުގެ އަޚްލާޤް ހުރި މީހަކު ކަމުގައިވުން؛

  •  

ސިޔާސީ ޕާޓީއެއްގެ މަޤާމެއްގައި ހުރި މީހަކު ކަމުގައި ނުވުން؛

  •  

އިފްލާސްކުރެވިފައިވާ މީހަކުކަމުގައި ނުވުން.

 

މެންބަރުކަމުގެ ޢިނާޔަތްތައް

ހާޒިރުވާ ކޮންމެ ޖަލްސާއަކަށް، އެއީ ސަބްކޮމިޓީގެ ޖަލްސާއެއް ކަމުގައި ވިއަސް، އެއް ހާސްރުފިޔާގެ ރަމްޒީ ޢިނާޔަތެއް ދެވެއެވެ.

ކުރިމަތިލާނޭ ގޮތް

މަތީގައިވާ ބަޔާންކުރެވުނު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، ސޮއިކޮށްފައިވާ ސީވީއާއި އައި.ޑީ. ކާޑު ކޮޕީއެއް [email protected] އަށް 22 އޭޕްރިލް 2025 ވާ  އަންގާރަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް ކުރުން އެދެމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް 3345125 އާ ގުޅުން އެދެމެވެ.

ނޯޓް

ޔުނިވަރސިޓީއިން ބޭރުގެ 8 މެންބަރުން ޢައްޔަނުކުރަނީ މަތީ ތަޢުލީމަށް ޒިންމާވާ ވަޒީރެވެ. މެންބަރުން ޢައްޔަނުކުރަނީ، ޔުނިވަރސިޓީ ކައުންސިލްގެ ނޮމިނޭޝަން ކޮމިޓީއިން އެކުލަވާލާ ލިސްޓެއްގެ ތެރެއިންނެވެ. 

15 އެޕްރީލް 2025