ދިވެހިރާއްޖެ
FSM-ADV-/2025/049
މުވައްޒަފުން ބޭނުންވެއްޖެ
ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
ކުކް |
ބޭނުންވާ ޢަދަދު: |
01 |
މަސައްކަތުގެ ބާވަތް: |
- ކަނޑައެޅިފައިވާ ވަގުތަށް ކެއްކޭނޭ ގޮތަށް ތަކެތި ކޮށާ، މަށާ ތައްޔާރުކުރުން - ސްޓޮކް ލެވެލް މޮނިޓަރކޮށް، ތަކެތީގެ ފެންވަރާއި ތާޒާކަން ޗެކްކުރުން - މަސައްކަތްކުރާ ތަންތަން ސާފުކޮށް ބަދިގޭގައި ސާފުތާހިރުކަމާއި އިންތިޒާމު ހަމަޖެއްސުން - ބަދިގެ އެހެން މުވައްޒަފުންނާއި ގުޅިގެން ބަދިގޭގެ ކަންކަން ހިންގުން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް މަސައްކަތްކުރުން - ފްލެކްސިބަލް ޓައިމިންގ އަދި އޮޑް ގަޑިތަކުގައި މަސައްކަތް ކުރެވޭނެ ފަރާތަކަށް ވުމާއި، ބޭނުން ޖެހިއްޖެނަމަ ކޮންމެ ވަގުތަކުވެސް މަސައްކަތަށް ހާޒިރުވެވޭނެ ފަރާތަކަށް ވުން |
ޝަރުތުތައް: |
- ކައްކާއެއްގެ ގޮތުގައި މަދުވުގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން - ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
އެފް. އެސް. އެމް ބޯޓްޔާރޑް - އިންޖިނިއަރިންގ ޑިޕާރޓްމަންޓް |
މަޤާމް: |
އޮފިސަރ، ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް |
ޑިޕާޓްމަންޓް/ސެކްސަން: |
ހިއުމަން ރިސޯސަސް |
ބޭނުންވާ ޢަދަދު: |
01 |
މަސްޢޫލިއްޔަތު: |
- ތަމްރީނު ޝެޝަންތަކަށް ތައްޔާރުވުމަށްޓަކައި ބޭނުންވާ ތަކެތި އާއި ތަމްރީނު ބަޖެޓް ތައްޔާރުމުގައި މުވާސަލާތު ކުރުމުގެ ހުނަރު ހުރުން - ތަމްރީނު ޝެޑިއުލްތައް ކޯޑިނޭޓްކުރުން - ތަމްރީނާއި ގުޅޭ ލިޔެކިޔުންތައް އިންތިޒާމުކޮށް ތައްޔާރުކުރުން - ތަމްރީނުތަކުގެ ރެކޯޑްތައް ބެލެހެއްޓުން - އިވެލުއޭޝަން ޓްރެއިނިންގ ޕްރޮގްރާމްތަކުގައި އެހީތެރިވުން |
ޝަރުތުތައް: |
- ޖީ.ސީ.އީ އޯލެވެލް މަދުވެގެން 4 މާއްދާއިން ފާސްވެފައިވުން. - މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެވެ. - މައިކްރޯސޮފްޓް އޮފީސް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން. - ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން. |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ހެޑް އޮފީސް |
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 21 އޭޕްރިލް 2025 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.
15 އޭޕްރިލް 2025