ދިވެހިރާއްޖެ
(IUL)297-PS/297/2025/25ނަންބަރު
އިޢުލާން
ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމެންޓް 2025 އަށް ގެންނަ ރެފްރީންނާއި
ޓީމުތަކުގެ ހުރުން ހަމަޖެއްސުން
ވެލިދޫ ކައުންސިލުން އިންތިޒާމްކޮށްގެން 03 މެއި 2025ގައި ފެށުމަށް ހަމަޖެހިފައިވާ "ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމެންޓް 2025" ގައި ރެފްރީކަން ކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުންނާއި، ރަށުންބޭރު ޓީމްތަކުގެ ކުޅުންތެރިން ތިބުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މުއްދަތު: 16 ދުވަސް
ކޮޓަރީގެ އަދަދު: 4
1 ކޮޓަރީގެ އެޕާޓްމަންޓްގެ އަދަދު: 5
ކޮޓަރި: އޭސީ ބޭނުންކުރެވޭ، އެނދު، އަލަމާރި، އިސްތިރި، ގޮދަޑި، އަކަށީގެންވާ ލައިޓް އަދި އެޓޭޗްފާހާނާ ހުރި ކޮޓަރިއަކަށް ވާންވާނެއެވެ.
1 ކޮޓަރީގެ އެޕާޓްމަންޓް: އޭސީ ބޭނުންކުރެވޭ، އެނދު، އަލަމާރި، އިސްތިރި، ގޮދަޑި، އަކަށީގެންވާ ލައިޓް، އައިސްއަލަމާރި އަދި އެޓޭޗްފާހާނާ ހުރި، ކައްކައިގެން ކެވޭނެ އިންތިޒާމް ހުރި އެޕާޓްމަންޓަކަށް ވާންވާނެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 20 އެޕްރީލް 2025 ވާ އާދިއްތަ ދުވަހުގެ 14:00 ކުރިން މިއިދާރާއަށް ވަޑައިގެން އަގުފޯމު (ކޯޓޭޝަން) ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަގު ހުށަހަޅާ ފޯމު މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
15 އޭޕްރީލް 2025