ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)383-ESD/383/2025/56
ޕަބްލިޝްކުރި ތާރީޚް: 15 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 13:23
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލުފުށީ ކައުންސިލްގެ 9 ވަނަ ޤުރުއާން މުބާރާތް ސްޕޮންސަރ ކުރުމަށާއި އިނާމު ހުށައެޅުމަށް ފުރުސަތު ހުޅުވާލުން

ވިލުފުށީ ކައުންސިލްގެ 9 ވަނަ ޤުރުއާން މުބާރާތް 2025 އޭޕްރިލް 24 އިން 26 ގެ ނިޔަލަށް މިރަށުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މި މުބާރާތް ސްޕޮންސަރ ކުރުމަށާއި ވަނަތަކަށް އިނާމު ހުށައެޅުމަށް ބޭނުންވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މުބާރާތް ސްޕޮންސަރ ކުރުމަށް ނުވަތަ އިނާމު ހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2025 އޭޕްރިލް 24 ވާ ބުރާސްފަތި ދުވަހުގެ ރަސްމީގަޑި ނިމުމުގެ ކުރިން ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުވުން އެދެމެވެ. އީ.މެއިލް ކުރައްވާނަމަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

15 އެޕްރީލް 2025