ދިވެހިރާއްޖެ
ހއ.ކެލާގެ ރަށުތެރޭގައި ހުރި ހުސްބިންތައް ކުއްޔައް ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު
|
|||
ތަޢާރުފާއި ނަން
|
1.
|
(ހ) |
މި އުސޫލަކީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 149 ވަނަ މާއްދާގެ ދަށުން ކެލާ ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން އެކުލަވާލެވިފައިވާ އުސޫލެކެވެ. |
(ށ) |
މި އުޞޫލަށް ކިޔާނީ " ހއ.ކެލާގެ ރަށުތެރޭގައި ހުރި ހުސްބިންތައް ކުއްޔައް ދޫކުރުމުގައި ޢަމަލުކުރާނެ ގުޅޭ އުޞޫލު" އެވެ.
|
||
މަޤުސަދު
|
2.
|
މި އުސޫލުގެ މަޤްސަދުތައް ތިރީގައި މިވަނީއެވެ. |
|
(ހ) |
ރަށުގެ އެކި ސަރަހައްދުތަކުގައި ހުރި ހުސްބިންތައް ސާފުކޮށްބެލެހެއްޓުމާއި އެބިންތަކުން ރައްޔިތުންނަން ނަފާ ހޯދައިދިނުމެވެ. |
||
(ށ) |
މިގޮތަށް ދޫކުރެވޭ ހުސްބިންތަކުގައި ކުރެވޭނެ މަސައްކަތްތައް ކަނޑައެޅުމެވެ.
|
||
ބިން ދޫކުރުން
|
3.
|
(ހ) |
މި އުޞޫލްގެ ތެރެއިން ދޫކުރަން ހަމަޖެހިފައިވަނީ ރަށުތެރޭގައި ހުރި ހުސްބިންތަކުގެ ތެރެއިން ކައުންސިލުން ކަނޑައަޅާ ފާސްކުރާ ވަކި ބިންތަކެކެވެ. |
(ށ) |
މި އުޞޫލުގެ ދަށުން ދޫކުރާ ބިންތައް ދޫކުރަންވާނީ ބީލަމުގެ އުޞޫލުން އެންމެ ރަނގަޅު ބީލަމެއް ހުށަހަޅާ ފަރާތަކަށް ބިން ދޫކުރާ އުޞޫލުންނެވެ.
|
||
ބިން ދޫކުރެވޭ މުއްދަތު |
4. |
(ހ) |
މި އުޞޫލުގެ ތެރެއިން ދޫކުރެވޭ ބިންތައް ދޫކުރެވޭނެ އެންމެ ދިގު މުއްދަތަކީ މީލާދީ 20 އަހަރު ދުވަހުގެ މުއްދަތަށެވެ.
|
ބިންދޫކުރުމަށް ވެވޭ އެއްބަސް ވުން
|
5.
|
މި އުސޫލުގެ ދަށުން ސޮއިކުރާ އެއްބަސްވުންތަކުގައި މަދުވެގެން ތިރީގައިވާ މައުލޫމާތު ހުންނަންވާނެއެވެ. |
|
(ހ) |
އެއްބަސްވުމުގެ ބައިވެރިން |
||
(ށ) |
އެއްބަސްވުމުގެ ކުރު ތަޢާރަފެއް. |
||
(ނ) |
ކުއްޔައް ދޫކުރެވޭ ބިމުގައި ކުރެވޭނެ އަދި ނުކުރެވޭނެ މަސައްކަތްތައް |
||
(ރ) |
އެއްބަސްވުމުގެ ބައިވެރިންގެ ޒިންމާތަކާއި އިލްތިޒާމުތައް. |
||
(ބ) |
އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރަމުން ނުދާނަމަ ކަންކުރާނެ ގޮތް |
||
ބިން ރަޖިސްޓްރީ ކުރުން |
6.
|
(ހ)
(ށ)
(ނ)
(ރ)
|
ކުއްޔައް ދޫކުރާ ބިންތަކައް ބިމުގެ ބޮޑުމިން އަދި ބިން އޮތް ސަރަހައްދު އެނގޭނެގޮތަށް ރެޖިސްޓްރީއެއް ދޫކުރަންވާނެއެވެ. ބިން ކުއްޔައް ދޫކުރަންވާނީ ދެފަރާތުގެ (ބިން ކުއްޔައް ދޫކުރި ފަރާތް އަދި ކުއްޔައް ހިފާފަރާތް) ދެފަރާތުގެ މެދުގައި ހެދޭ އެއްބަސްވުމެއްގެ ދަށުންނެވެ. މި އުޞޫލުގެ (ހ) ގައި ބަޔާންކޮށްފައިވާ ބިމުގެ ރަޖިސްޓްރީ ދޫކުރަންވާނީ ބިމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރަމުންދާނަމައެވެ. ބިން ކުއްޔައް ދޫކުރާ ފަރާތުން ބިމުގެ ވަށައިގެންވާ މަގުތަކާއި ގޯޅިތައް ސާފުކޮށް ބަލަހައްޓަމުންދާކަން ކަށަވަރު ކުރަންވާނެއެވެ.
|
|
|||
ކުއްޔައް ދޫކުރެވޭ ބިމުގައި ކުރުން ހުއްދަ ނޫން މަސައްކަތްތައް |
7. |
(ހ)
(ށ)
(ނ) |
މި އުޞޫލުގެ ދަށުން ކުއްޔައް ދޫކުރާ ބިންތަކުގައި ފަތްކޭލުގެ އިތުރުން އެއްވެސް މޫސުމީ ދަނޑުވެރިކަމުގެ ބާވަތްތައް އިންދާ ހެއްދުމަކީ މަނާކަމެކެވެ. ކުއްޔައް ދޫކުރެވޭ ބިމުގައި ކެމިކަލް ގުދަންކުރުމަކީ މި އުޞޫލުގެ ދަށުން ހުއްދަކުރާ ކަމެއްނޫނެއެވެ. އަދި މިނޫންވެސް ޚާއްޞަ ހުއްދައެއް ބޭނުންވާ މަސައްކަތެއްނަމަ އެފަދަ މަސައްކަތްތައް ކުރަންވާނީ އެކަމަން ނަގަންޖެހޭ އެންމެހާ ހުއްދަތައް ނެގުމަށްފަހުގައެވެ.
|
އުޞޫލައް އިޞްލާޙު ގެނައުން |
8. |
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާގެ މަތީން މި އުޞޫލައް އިޞްލާޙު ގެނައުމުގެ ބާރު، ކައުންސިލައް ލިބިގެންވެއެވެ.
|
|
ކައުންސިލުން ކަނޑައަޅާ ކަންކަން އާންމުކުރުން
|
9. |
މި އުޞޫލް ތަންފީޒުކުރުމުގެ ގޮތުން ކައުންސިލުން ކަނޑައަޅާ ކަންކަން، ކައުންސިލުން އާންމުކޮށް އިޢުލާނުކުރުމާއެކު، އާންމުކޮށް ފެންނާނޭހެން ބަހައްޓަންވާނެއެވެ. |
|
އުޞޫލުގައި ނެތްކަމެއް ދިމާވުން |
10. |
މި އުސޫލުގައި ނެތްކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި އެ ކަންކަމާ މެދު ޢަމަލުކުރާނެ ގޮތެއް ނިންމަންވާނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާގެ މަތީން ކައުންސިލުގެ އަޣުލަބިއްޔަތުންނެވެ. އަދި މިފަދައިން ކައުންސިލުން ނިންމާ ނިންމުމަށް ޢަމަލުކުރަންވާނީ، މި ގަވާއިދުގެ 9 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އާންމުކޮށް އަންގައި އިޢުލާނުކުރުމަށް ފަހުގައެވެ.
|
|
މާނަކުރުން
|
11.
|
މި ގަވާއިދުގައިވާ ޢިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، ތިރީގައިވާ އަކުރުތަކުގައި ބަޔާންކޮށްފައިވާ އިބާރާތްތަކާއި ލަފުޒުތައް މާނަކުރާނީ އެ އަކުރުތަކުގައިވާ ގޮތަށެވެ. |
|
(ހ) |
"ހުސްބިންތައް" ކަމަށް ބުނެފައި އެވަނީ، ކައުންސިލުގެ ބެލުމުދަށުގައި ހުރި ބިންތަކުގެ ތެރެއިން ކައުންސިލުން ކުއްޔައް ދިނުމަށް ކަނޑައަޅާ ފާސްކޮށްފައިވާ ބިންބިމެވެ. |
||
(ށ) |
ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އެކުލަވައިލައިފައިވާ ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލަށެވެ.
|
||
އުސޫލަށް ޢަމަލުކުރަން ފެށުން |
12. |
މި އުސޫލަށް ޢަމަލުކުރަން ފަށާނީ، ކައުންސިލުން އުސޫލް ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުޞޫލް ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ. |