ދިވެހިރާއްޖެ
ލ.ދަނބިދޫ ކައުންސިލްގެ ފަރާތުން ޤާއިމް ކުރަމުން ގެންދާ ކުޑަކުދިންގެ ޕާކުގެ ވަށާފާރުގެ އެންމެހައި މަސައްކަތްތައް ކުރުމަށް ބޭނުންވެއެވެ. ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 އޭޕްރީލް 2025 ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބިޑު ރަޖިސްޓްރީ ސްލިޕް ފުރުއްވާ މިކައުންސިލުގެ އީ މެއިލް ([email protected]) އަށް ފޮނުއްވުންއެދެމެވެ. ނުވަތަ މިކައުންސިލަށް ދުރުވެ ބީލަމުގައި ރަޖިސްޓްރީވުމަށް އެދެމެވެ. މަޢުލޫމާތު ދިނުމުގެ ޝެޝަން އޮންނާނީ 17 އޭޕްރިލް 2025 ބުރާސްފަތި ދުވަހުގެ 13:00 މިއިދާރާގައެވެ.
ވީމަ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ސުންގުނޑީގެ ކުރިން ބިޑް ރަޖިސްޓްރީކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
| 
 ތަފްސީލު  | 
 ދުވަސް  | 
 ގަޑި  | 
 ތަން  | 
| 
 މަޢުލޫމާތު ސާފުކުރުމާއި ބިޑް ރަޖިސްޓްރީކުރުން:  | 
 17 އޭޕްރިލް 2025  | 
 13:00 ގައި  | 
 ލ.ދަނބިދޫ ކައުންސިލްގެ އިދާރާ  | 
| 
 އަންދާސީ ހިސާބު ހުސަހެޅުން:  | 
 22 އޭޕްރިލް 2025  | 
 13:00 ގައި  | 
 ލ.ދަނބިދޫ ކައުންސިލްގެ އިދާރާ  | 
ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބިޑް ރަޖިސްޓްރީ ނުކުރާފަރާތް ތަކުގެ އަންދާސީ ހިސާބުތަކާއި އަދި ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަދި ބިޑް ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މަޢުލޫމާތު ފުރިހަމަނުވާ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.އަދި ދަންނަވަމެވެ.ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއަކާއި ބަދަލުގައި އަންނަ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ސާފު ކޮޕީއަކާއެކު ފޮނުވުން އެދެމެވެ. ބިޑާއިބެހޭ އިތުރު މަޢުލޫމާތު ސާފުކުރެވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން 6800724 ނަންބަރު އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
ވީމަ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.