ދިވެހިރާއްޖެ
(IUL)403-A/403/2025/47:ނަންބަރު
އިޢުލާން
ވޮލީކޯޓް މަރާމާތު ކުރުމާއި ގުޅޭ
ލ.މާމެންދޫ ވޮލީކޯޓް މަރާމާތު ކުރުމަށް ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިމަސައްކަތް ކުރުމަށް ދެވޭނީ 5 (ފަހެއް) ދުވަހު މުއްދަތެވެ.
- ނެޓް ޕޯސްޓްގެ ބުޑު '3×'3 އަށް ބޮޑުކުރުން
- ވޮލީކޯޓްގެ ވަށައިފާރު "4 އިންޗިއަށް އުސްކުރުން
- ނެޓްޕޯސްޓްގެ މަސައްކަތް ކުރުމަށް ނަގާކާޕެޓް މަސައްކަތް ނިމުމުން ޓޭޕްއަޅައި ތަތްކުރުން
ދެންނެވިފައިވާ މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް ކޯޓޭޝަން ހުށަހެޅުމަށް ދަންނަވަމެވެ. މެއިލްކުރަން ބޭނުންވެލައްވާ ފަރާތްތަކުން ދެންނެވިފައިވާ ގަޑީގެ ކުރިން މިއިދާރާގެ އީމެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.މިމަސައްކަތަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރުމަށް މިކައުންސިލްގެ ނަންބަރު 6800705 ފޯނާއި ގުޅުއްވުމަށް ދަންނަވަމެވެ. އިއުލާނާއެކު ކޯޓޭޝަން ހުށަހަޅާއިރު ފުރިހަމަ ކުރަންޖެހޭ ކަންކަމުގެ މަޢުލޫމާތު ޝީޓް އެޓޭޗް ކުރެވިފައި ވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.