ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)329/329/2025/30
ޕަބްލިޝްކުރި ތާރީޚް: 14 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 13:23
ސުންގަޑި: 20 އެޕްރީލް 2025 00:00
ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްމާރުކޭޓް ކުއްޔަށް ދިނުމާބެހޭ

   

މިރަށުގެ އުތުރު ފަރާތު ބަނދަރުގެ އިރުމަތީ ފަރާތުގައި ހަދާފައިވާ މަސް މާރުކޭޓް އެންމެމަތީ ކުއްޔެއް ހުށަ ހަޅާފަރާތަކަށް ކުއްޔަށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޢިމާރާތް ކުއްޔަށް ނެގުމަށް ހުށަހެޅޭ އެންމެ ކުޑައަކީ 0.60 .(ފަސްދޮޅަސްލާރި) އެވެ.މި ޢިމާރާތް ދޫކުރުމަށް ހަމަޖެހިފައިވަނީ 3 އަހަރު ދުވަހުގެ މުއްދަތަށެވެ.

                              ވީމާ މިކަމަށް ޝައުޤްވެރިވެލައްވާ ވިޔަފާރި ކުންފުނިތަކާ އަދި ޢަމިއްލަ ފަރާތްތަކުން 20 އޭޕްރީލް 2025 ވާ އާދީއްތަ ދުވަހުގެ 11:00 ށް  އޮޅުވެލިފުށި ކައުންސިލް އިދާރާޔަށް ދުރުވެ އަގު ހުށަހެޅުއްވުން އެދެމެވެ.

                              އަގު ހުށަހަޅާ ފޯމް އޮފީސް ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 8:00 ން 13:30 ށް މިކައުންސިލް އިދާރާއިން ލިބެންހުންނާނެއެވެ. އަގު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރާގެ ބޭރުގައި މަސްމާރުކޭޓް ކުއްޔަށް ހިފުމަށްއެދި މިހެން ލިޔެފައި އޮންނަންވާނެއެވެ.އަގު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ދުރުވާނަމަ ކުއްޔަށް ހިފަން ބޭނުންވާ ފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ.

                         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

14 އެޕްރީލް 2025