ދިވެހިރާއްޖެ
އިންޑޮނީޝިއާ / ގެންޓެންގް ވެޓަން ބަންޔުވަންގި، މާޔާ ޑުވީ ޕަރްމަޑާނީ (Maya Dwi Permadani، ޕާސްޕޯޓް ނަންބަރު: C8072825) އަކީ ފާދިއްޕޮޅު ހިންނަވަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 18/G1C/2025 ޤަޟިއްޔާއާ ގުޅިގެން ޙާޟިރު ނުކުރެވިފައިވާ ފަރާތެކެވެ.
ވީމާ، މާޔާ ޑުވީ ޕަރްމަޑާނީ ޅ. ހިންނަވަރުގައި، ނުވަތަ ޅ. ހިންނަވަރާއި ކައިރި ރަށެއްގައި ނުވަތަ ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި ނަމަވެސް، 10 (ދިހައެއް) ދުވަހުގެ ތެރޭގައި މި ކޯޓަށް (ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓަށް) ޙާޟިރުވުމަށް ނުވަތަ މި ކޯޓާ މުޢާމަލާތު ކުރުމަށް މާޔާ ޑުވީ ޕަރްމަޑާނީއަށް އަންގަމެވެ. އަދި، އިސްވެ ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި މާޔާ ޑުވީ ޕަރްމަޑާނީ މި ކޯޓަށް ޙާޟިރު ނުވެއްޖެނަމަ ނުވަތަ ކޯޓާ މުޢާމަލާތު ކޮށްފައި ނުވާނަމަ، މާޔާ ޑުވީ ޕަރްމަޑާނީގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގާ ނިންމޭނެކަން ވެސް އަންގަމެވެ.