ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)292/292/2025/7
ޕަބްލިޝްކުރި ތާރީޚް: 14 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 12:19
ސުންގަޑި:
14 އެޕްރީލް 2025 00:00
މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުން
މިރަށު ޕޮލިސް ޕޯސްޓް ޤާއިމުކުރާ ބިމާއި، ފިޓަސް އެންޑް ރެކްރިއޭޝަން ސެންޓަރ ޤާއިމުކުރާ ބިމުގައި ( ހުރަސްމަގުގެ ހުޅަގުން، އާމަގުގެ ދުކުނުން އޮތް ސަރަޙައްދު ) ހުރި ރުއްގަސް ބަދަލުދީ ނަގަން ބޭނުންވެއެވެ. ބަދަލުދީ ނަގަން ބޭނުންވާ ރުއްގަސް ރަތްކުލައިން ފާހަގަ ކުރެވިފައި ހުންނާނެއެވެ.
ވީމާ، މިދެންނެވުނު ސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަކުން، 14 އޭޕްރީލް 2025 ވަނަ ދުވަހުގެ (މިއަދު) ހަވީރު 04:00 އަށް ދެންނެވިފައިވާ ސަރަޙައްދަށް ދުރުވެ ރުއްގަހުގެ ވެރިފަރާތުގެ މަޢުލޫމަތާއި ރުއްގަހުގެ ތަފުޞީލު ޙިއްސާކޮށްދެއްވުން އެދެމެވެ.
15 ޝައްވާލް 1446
14 އޭޕްރީލް 2025
14 އެޕްރީލް 2025