ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)309-AHI/309/2025/49
ޕަބްލިޝްކުރި ތާރީޚް: 14 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 12:16
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުލީ ބިން ތަކުގައި އުފެދޭ ކުންޏާއި ގުޅޭ

އާންމުންގެ އެކި އެކި ބޭނުންތަކައް ދޫކުރެވިފައިވާ ކުލީ ބިން ތަކުގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން އެތަންތަނުގައި އުފެދޭ ކުނިބުނި ނަގައި، ސަރަޙައްދު ސާފުނުކުރާކަން ވަނީ ފާހަގަކުރެވިފައެވެ. މީގެއިތުރުން ފަލަށާއި، ކުނިއެޅުން މަނާ ސަރަޙައްދުތަކަށް ކުނިއެޅުމާއި އަދި މަދިރި އާލާވާގޮތަށް ތަކެތި ބަހައްޓާފައި ހުންނަކަން ހިތާމައާއެކު ފާހަގަކުރަމެވެ. އަދި މިކަންކަމަކީ ކުލީ އެއްބަސްވުންތަކުގައި ކަނޑައެޅިގެން މަނާކުރެވިފައި ވާނެ ކަންކަން ކަމުގައި ދަންނަވަމެވެ.

                ވީމާ، ބިންތައް ނަންގަވައިގެން އުޅުއްވާ ބޭފުޅުން، ބިން ރަނގަޅަށް ސާފުކޮށް ބެލެހެއްޓެވުމަށާއި، ބިމުގައި އުފެދޭ ކުނިބުނި ކައުންސިލުގައި ހެދިފައިވާ ގަވާއިދުތަކާއި އުޞޫލުތަކުގެ މަތިން ރައްކާތެރި ގޮތުގައި ނައްތާލުމައް އިލްތިމާސްކުރަމެވެ.

                މިފަދަ އެންމެހާ ކަންކަމުގައި ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ޝުކުރު ދެންނެވީމެވެ.                

   މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

14 އެޕްރީލް 2025