ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)269/269/2025/20
ޕަބްލިޝްކުރި ތާރީޚް: 14 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 09:19
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑު ބިމުގައި އުފެދޭ ކުނި ރަށުގެ އެކި ސަރަހައްދުތަކަށް އުކާލުމާ ގުޅޭ

މިހާރަކަށް އައިސް ބައެއް ފަރާތްތަކުން ދަނޑު ބިމުގައި އުފެދޭ ކުނި ނުވަތަ ދަނޑުން ނަގާ ފަތްކެޔޮގަސް ބުޑާއި ނިރުފަދަ ތަކެތި ކުނި އުކާލުމަށް ޚާއްސަކުރެވިފައިވާ ކުނިކޮށި ފިޔަވާ ރަށުގެ އެކި ސަހަރަހއްދުތަކަށް އުކާލަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ. ކުނިކޮށި ފިޔަވާ ރަށުގެ އެކި ސަރަހައްދުތަކަށް ކުނި އެޅުމަކީ ވައިކަރަދޫގައި ކުނިކޮށި ޤާއިމްކުރެވުނު ދުވަހުން ފެށިގެން މަނާކުރެވިފައިވާ ކަމެކެވެ.

ވީމާ ގޯތި ގެދޮރާއި ދަނޑު ބިމުން އުފެދޭ ކުނިބުންޏާއި ފަތްކެޔޮ ގަސް އަދި ނިރާއި އެހެން ބާވަތްބާވަތުގެ ކުނި، އެތަކެތި އުކުމަށް ޚާއްސަކުރެވިފައިވާ ކުނިކޮށި ފިޔަވާ އެހެން ސަރަހައްދަށް އުކާލުމަކީ މަނާކަމެއްކަމުގައި ހަނދާންކޮށްދެމެވެ. އަދި ވައިކަރަދޫ އަކީ ސާފުތާހިރު ރީތި ރަށެއްގެ ގޮތުގައި ބޭއްވުމަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކޮށްދެއްވުން އެދެމެވެ.

14 އެޕްރީލް 2025