ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވްލޮޕްމެންޓް ގައި ހުރި ބައު ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ނީލަމުގެ ތަފްޞީލު ތިރީގައި މިވަނީއެވެ
ނީލަން ކިޔަން ހަމަޖެހިފައިވާތަން : މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވްލޮޕްމެންޓް އުމަރު ޒާހިރު އޮފީސް ޢިމާރާތް، 2 ވަނަ ފަންގިފިލާ، އޯކިޑްމާ ހިނގުން، ހުޅުމާލެ، ދިވެހިރާއްޖެ.
ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި : 20 އޭޕްރީލް 2025 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ވަޑައިގަތުން އެދެމެވެ.
މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރު: 1433
މި އިޢުލާނާއި އެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ހިއްޕަވައިގެން ވަޑައިގަތުމަށް ދެންނެވީމެވެ. މިއީ މިތަކެތި ނީލަމުގައި ވިއްކާލުމަށް އިއުލާން ކުރެވޭ 02 ވަނަ ފަހަރެވެ. 20 އޭޕްރީލް 2025 ވާ އާދިއްތަ ދުވަހުގެ 10:00އަށް ނީލަމުގައި ބައިވެރިވެ ވަޑައިގަތުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަން އާންމުކޮށް އަންގައި އިއުލާން ކުރީމެވެ.
15 ޝައްވާލް 1446 ހ
13 އެޕްރީލް 2025 މ