މަސައްކަތް
ނަންބަރު: GS-82/2015/12
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 08:26
ސުންގަޑި: 01 ސެޕްޓެންބަރު 2015 10:00
މާރަންދޫ މަދަރުސާ
ދިވެހިރާއްޖެ
ވަށާފާރު ރޭނުމާއި މިހާރުހުރި ފާރު މަރާމާތުކުރުމަށް

މިމަދަރުސާގެ ގޯއްޗަށް އިތުރުކޮށްފައިވާ 456 އަކަފޫޓުގެ، ވަށާފާރު ރޭނުމާއި މިހާރުހުރި ފާރު މަރާމާތުކުރުމަށް ކުރި އިޢުލާން ނަންބަރު: 2015/12/GS-82ފ(16 ޖުލައި 2015)ގެ އިޢުލާން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ބީލަން ތައްޔާރުކުރުމާއި ހުށަހެޅުމުގައި ޢަމަލުކުރަންޖެހޭ ގޮތާއި ބީލަން ވަޒަންކުރާނެގޮތުގެ މިންގަނޑަށް ނުފެތޭތީ، އެ އިޢުލާން ވަނީ ބާޠިލުކުރެވިފައެވެ.

ވީމާ، އެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 01 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ. މިބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ސިޓީއަކާއި، ބަދަލުގައި އަންނަ މީހާގެ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީއަކާއި، އައިޑީކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށްފަހު 10 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 6500535 އަށް ގުޅުއްވުން އެދެމެވެ.

20 އޮގަސްޓް 2015