ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު
މިއިދާރާއިން ހިންގަމުންގެންދާ ކިންޑަރ ގާރޓެން ޕްރީސުކޫލުގައި ކިޔަވާދޭ ގަޑިތަކުގައި ޕްރީސްކޫލް މުދައްރިސަށް އެހީތެރިވުމަށް ކޮންޓްރެކްޓް ޢުޞޫލުން 1 އަހަރު ދުވަހު މަސައްކަތްކުރުމަށް އެސިސްޓެންޓް ޓީޗަރެއް ބޭނުންވެއެވެ.
މަޤާމް: ޕްރީސުކޫލު އެސިސްޓެންޓް ޓީޗަރ
ބޭނުންވާ ޢަދަދު: 1 ( އެކެއް )
އެޓެންޑެންސް އެލަވަންސް: ޙާޟިރުވާ ކޮންމެ ދުވަހަކަށް 140/-ރުފިޔާ
ޔުނިޓް: މުނިސިޕަލް ސާރވިސް
މަޤާމްގެ ޝަރުތު:
- ލިޔަން ކިޔަން އެނގުމާއިއެކު، ގުރޭޑް 10 ނިންމާފައިވުން.
- މަސައްކަތުގައި ހީވާގި، ސިއްހަތު ރަނގަޅުމީހެއްކަމުގައިވުން.
- އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހަކު ކަމުގައިވުން .
މަޤާމުގެމަސްޢޫލިއްޔަތު:
- ކައުންސިލުން ހަމަޖައްސާ ގޮތެއްގެ މަތީން ޕްރީސްކޫލުގެ ދަރިވަރުންނަށް އުގައްނައިދިނުމުގެ ކަންކަންކަމުގައި ޕްރީސްކޫލް މުދަރިސަށް އެހީތެރިވުން.
- ކައުންސިލުން ހަމަޖައްސާގޮތެއްގެ މަތީން ޕްރީސްކޫލުގައި ހިންގަންޖެހޭ އެކި އެކި ޚަރަކާތްތައް ހިންގުމުގައި ޕްރީސްކޫލް މުދައްރިސަށް އެހީތެރިވުން.
އިނާޔަތްތައް:
ހަމަޖެހިފައިވާ ގޮތުގެމަތިން ރަމަޟާންމަހުގެ ޢިނާޔަތް ދެވޭނެއެވެ.
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
21 އޭޕްރީލް 2025 ވާ ހޯމަ ދުވަހުގެ 12:00 ކުރިން ވ.ފުލިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.
ހުށައަޅަންޖެހޭ ލިޔެކިޔުންތައް:
1. ވަޒީފާއަށް އެދޭކަމުގެ ފޯމް ( ކައުންސިލްއިދާރާއިން ލިބެންހުންނާނެ)
2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
4. ލިބިފައިވާ ތަޖްރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ
- އިންޓަވިއުއަށް އަންނައިރު ތަޢުލީމީ ސެޓްފިކެޓް، ތަޖުރިބާގެ ލިޔުން ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ އަސްލު ގެންނަންވާނެއެވެ.
ޕްރީސުކޫލު ޓީޗަރުކަމަށް ކުރިމަތިލީފަރާތްތަކުގެތެރެއިން ޓީޗަރުންހަމަޖެއްސުމުގައި ތަޢުލީމާއި ތަޖުރިބާއަށް އިސްކަންދެވޭނެއެވެ.
މި އިއުލާނާއިގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަމްބަރ: 6700603، ފޯނާއި ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާނުކުރީމެވެ.