މަސައްކަތް
ނަންބަރު: GS41-IUL/2025/07
ޕަބްލިޝްކުރި ތާރީޚް: 13 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 10:11
ސުންގަޑި: 20 އެޕްރީލް 2025 11:00
އިރުޝާދިއްޔާ ސްކޫލް
ދިވެހިރާއްޖެ
މަރަދޫފޭދޫ ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން

ނަންބަރ: GS41-IUL/2025/07

 

އިޢުލާން

 

 

މަރަދޫފޭދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:

     

          01 މެއި 2025 އިން 30 އޭޕްރީލް 2026 އަށް މަރަދޫފޭދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމުގެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

           މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

    ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 އޭޕްރީލް 14 ން 17 އަށް ބަންދު ނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އާއި ދެމެދު މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރާ ގަޑީގައި މަޢުލޫމާތު ކަރުދާސް ދޫކުރެވޭނެއެވެ. މިމަސައްކަތާއި ގުޅޭ ބީލަން ފޯމް އިޢުލާނާއި އެކު އެޓޭޗް ކުރެވިފައި ވާނެއެވެ.  

  މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 17 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

    ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 20 އޭޕްރީލް 2025 ވާ އާދީއްތަ ދުވަހުގެ 11:00 ގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

އިރުޝާދިއްޔާ ސްކޫލް

ފޯން: 6891618

އީ-މެއިލް: [email protected]

 

14 ޝައްވާލު  1446

13 އޭޕްރީލް  2025                 

13 އެޕްރީލް 2025