މަސައްކަތް
ނަންބަރު: (IUL)213-PR/213/2025/27
ޕަބްލިޝްކުރި ތާރީޚް: 13 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 08:20
ސުންގަޑި: 27 އެޕްރީލް 2025 11:00
މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކް ގދ. ގައްދޫ ކެމްޕަހުގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ބޭނުންވެއްޖެ.

މޯލްޑިވްސް ޕޮލިޓެކްނިކް ގދ.ގައްދޫ ކެމްޕަސްތަކުގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް އިއުލާންކުރަމެވެ. މިމަސައްކަތް ކޮށްދިނުމަށް  އެދޭ ފަރާތްތަކުން މިއިޢުލާން އާއި އެކު އެޓޭޗް ކޮށްފައިވާ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު،  21 އޭޕްރީލް 2025 ދުވަހުގެ 12:00ގެ ކުރީން    އީ-މެއިލް: [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. މިގޮތުން ފޮނުއްވާ ފޯމް  އަދި [email protected] އަށް ސީސީ ކުރެއްވުމަށް ސަމާލުކަން ދެއްވުން އެދެމެވެ.

ޕްރީބިޑް ބައްދަލުވުން

މި އިޢުލާނާއި ގުޅިގެން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ  22 އޭޕްރީލް 2025 ވާ އަންގާރަ ދުވަހުގެ 11.00ގައި މޯލްޑިވްސް ޕޮލިޓެކްނިކް ގައެވެ.

ބީލަން ހުށައެޅޭނީ ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ބީލަން ހުށައެޅުމާއި ހުޅުވުން އަދި ބީލަން ވެލިޑިޓީ

ބީލަން ހުށައަޅުއްވާނީ  ހަމަ ޖެހިފައި ވަނީ  27 އޭޕްރީލް2025 ވާ އާދިއްތަ  ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްއަށެވެ. އަންދާސީ ހިސާބު ހުޅުވުންވެސް އޮންނާނީ އެގަޑީގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 60 (ހައްޓި) ދުވަސް އޮންނަންވާނެއެވެ. އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11.00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުން ހުށައަޅުއްވާ ބީލަން ބަލައި ގަތުމަށް ހަމަ ޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.

ބީލަން ހުށަހަޅުއްވާ އިރު ބިޑުގެ ސޮފްޓް ކޮޕީއެއް ހުށަހަޅުއްވަންވާނެވެ. (ސީ.ޑީ/ޕެންޑުރައިވް) އަދި ބީލަމުގެ ޖަދުވަލު 1ގައިވާ ހުރިހާ ލިޔުންތައް ފުރިހަމަ ކޮށްފައިހުންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 21 އޭޕްރީލް 2025 ވަނަ ދުވަހުގެ 10:00ގެ ކުރިން  [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.  ނުވަތަ 3002571 އާއި ގުޅުއްވުން އެދެމެވެ.

13 އެޕްރީލް 2025