ދިވެހިރާއްޖެ
އިޢުލާން
ކ. ގުރައިދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމާއި ގުޅިގެން ފޯމު ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން:
ކ. ގުރައިދޫއިން 195 ބަންޑާރަ ގޯތި ދޫކުރުމަށް (09 ސެޕްޓެމްބަރ 2024) ގައި ކުރެވުނު އިޢުލާން ނަންބަރ: (IUL)338-ESMS/338/2024/62 އާއި ގުޅިގެން ފޯމު ހުށަހެޅި ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. އަދި "ކ. ގުރައިދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު"ގެ 22 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ގޯތިލިބޭ ފަރާތުގެ ތެރެއިން އެއްވެސް ފަރާތެއްގެ ނަން އުނިވެއްޖެނަމަ ނުވަތަ ގޯތި ބާޠިލްކުރަން ޖެހިއްޖެނަމަ އެފަރާތެއްގެ ނަން ވަގުތީ ލިސްޓުން އުނިކުރުމަށްފަހު މިއުސޫލުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ލިސްޓް ތަރުތީބުކުރެވޭނެއެވެ.
ވީމާ، އާންމުކޮށްފައިވާ ލިސްޓާއިމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، 13 އޭޕްރިލް 2025 ވާ އާދީއްތަ ދުވަހުގެ 09:00 ފެށިގެން 13 މެއި 2025 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ލިޔުމުން ޝަކުވާ ހުށަހެޅުއްވުން އެދެމެވެ. ޝަކުވާ ހުށަހަޅާނީ ރަސްމީ ގަޑީގައި މިއިދާރާގެ ރިސެޕްޝަނަށް ނުވަތަ [email protected] އަށް މެއިލްކޮށްގެންނެވެ.
12 ޝައްވާލް 1446
10 އޭޕްރިލް 2025