ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)399-CA/399/2025/41
ޕަބްލިޝްކުރި ތާރީޚް: 10 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 18:22
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން

އިޢުލާން

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ107/1 މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ކޮންމެ 04 މަހަކުން އެއްފަހަރު ކައުންސިލުން ނިންމާ މުޙިއްމު ނިންމުންތަކުގައި  ރައްޔިތުންނާ މަޝްވަރާކުރުމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުގެ މަތިން  2025 ވަނަ އަހަރު ފުރަތަމަ 04  މަހުގައި ބާއްވަންޖެހޭ ރައްޔިތުންގެ މަޝްވަރާ ބައްދަލުވުން 24 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެރޭ  08.30 ގައި ކައުންސިލް އިދާރާގެ ގޯތި ތެރޭގައި އޮންނާނެއެވެ. ބައްދަލުވުމުގެ އެޖެންޑަރ މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، މިބައްދަލުވުމަށް ވަޑައިގެންދެއްވުންއެދި ގަމުގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. 

10 އެޕްރީލް 2025