ދިވެހިރާއްޖެ
ރަށުގެ ވަށައިގެންވާ ހުސްބިންތައް ބޭނުންކުރުމާއި އެ ބިންތައް ކުށްޔަށް ދިނުމާއި ގުޅޭ އުޞޫލުގެ ދަށުން ކުށްޔަށް ދޫކުރެވޭ ބިންތައް ހިމެނޭ ސަރަހައްދުތަކުގައި ހުރި ތަކެތި (ޢިމާރާތް / ހިޔާގަނޑު/ އެހެނިހެން ތަކެތި ހިމެނޭހެން) ނަގައި ބިން ސާފުކުރަން ބޭނުންވެއެވެ.
ވީމާ ރަށުގެ ވަށައިގެންވާ ހުސްބިންތައް ބޭނުންކުރުމާއި އެ ބިންތައް ކުށްޔަށް ދިނުމާއި ގުލޭ އުޞޫލުގެ ދަށުން ކުށްޔަށް ދޫކުރެވޭ ބިންތައް ހިމެނޭ ސަރަޙައްދުތަކުގައި ހުރި ތަކެތި (ޢިމާރާތް / ހިޔާގަނޑު/ އެހެނިހެން ތަކެތި ހިމެނޭހެން) ނަގައި ސާފުކޮށް ދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 17 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހު 10.00 އަށް މި ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި ބިޑް ހުށަހެޅުން އޮންނާނީ 22 އޭޕްރީލް 2025 ވާ އަންގާރަ ދުވަހު 13.00 ގައި މިކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ. އަދި މަޢުލޫމަތު ހޯދުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެކަމުގައިވެސް ދަންނަވަމެވެ.
ދަންނަވަމެވެ. ރަށުގެ ވަށައިގެންވާ ހުސްބިންތައް ބޭނުން ކުރުމާއި އެ ބިންކުށްޔަށް ދިނުމާއިގުޅޭ ގޮތުން އެކުލަވާލާފައިވާ އުޞޫލު ވާނީ 13 އޮކްޓޫބަރ 2024 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށްފަހު މި ކައުންސިލް އިދާރާގެ ނަމްބަރ: (IUL)352/352/2024/64 އިޢުލާނުން ޢާއްމު ކޮށްފައެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.