ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)195-A/195/2025/17
ޕަބްލިޝްކުރި ތާރީޚް: 10 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 21 އެޕްރީލް 2025 13:00
ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޕެރަލީގަލް (ވަގުތީ)

މި އިޢުލާންވަނީ 10 އެޕްރީލް 2025 14:48 ގައި ބާތިލް ކުރެވިފައެވެ.


މަޤާމު

ޕެރަލީގަލް (ވަގުތީ)

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 2 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2  

ރޭންކް

ޖީ.އެސް 4

ބޭނުންވާ ޢަދަދު

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން

ޖުޑީޝަލް ސަރވިސް ކޮމިޝަން

ޑިޕާޓްމަންޓް/ސެކްޝަން

ލީގަލް، ކޮމްޕްލެއިންޓްސް އެންޑް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް

އަސާސީ މުސާރަ

 7,265/-ރުފިޔާ

އެލަވަންސާއި އިތުރު ގަޑި

ލިވިންގ އެލަވަންސް : -/3,000 ރުފިޔާ

ނޮން ޕްރެކްޓިސް އެލަވަންސް )އަސާސީ މުސާރައިގެ %65 4,722/25 :(ރުފިޔާ

ހާޒިރީ އެލަވަންސް (ހާޒިރީ އެލަވަންސް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުން)100/-  ރުފިޔާ

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އަސާސީ ޝަރުޠު

  1. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ،
  2. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 (ތިނެއް) އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  1. މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީގެ މަސައްކަތްތައް ކުރުމާއެކު، އެ ކޮމިޓީގެ ސެކްރެޓޭރިއަޓް ބެލެހެއްޓުމުގައި އެހީތެރިވެދިނުން.
  2. މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީގެ ނިންމުންތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައް ކުރުން.
  3. މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީގެ ނިންމުންތަކާ ގުޅިގެން ދިރާސާކޮށް އިތުރަށް ސާފުކުރަންޖެހޭ މަޢުލޫމާތުތައް ސާފުކު ރުން.
  4. މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއަށް ހުށަހެޅޭ ކޮންމެ މައްސަލައަކާ ގުޅޭގޮތުން އެމައްސަލައެއްގެ މަޢުލޫމާތު ޝީޓް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  5. މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން މައްސަލައެއް ބަލަން ނިންމައިފިނަމަ، އެކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން (ފަނޑިޔާރަށް ނޯޓިސް ދިނުން، މައްސަލަ ހުށަހެޅި ފަރާތައް ޖަވާބުދިނުން، މައްސަލަ އިދާރީގޮތުން ހިންގުމަށް ހަވާލުކުރާނެ ޤާނޫނީވަކީލުގެ ލިޔުން ތައްޔާރުކުރުން، މައްސަލައިގެ ފައިލް ތައްޔާރުކޮށް މައްސަލަ ޤާނޫނީ ވަކީލުއާ ހަވާލުކުރުން).
  6. މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީގެ ނިންމުތައް ކޮމިޝަނަށް ހުށަހަޅައި އެ ނިންމުންތަކާމެދު ކޮމިޝަނުން ގޮތެއް ނިންމުމުން، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  7. ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން، މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކާއި އަދި ކޮމިޓީން ނިންމާ ނިންމުންތަކުގެ ސްޓޭޓަސް އަޕްޑޭޓްކޮށް، އެ ރެކޯޑްސް ބެލެހެއްޓުން.
  8. މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަސައްކަތްތައް އޮމާންކަމާއެކު އިންތިޒާމްކޮށް ހިންގުމަށް ބޭނުންވާ އެންމެހާ ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން އިންތިޒާމްކޮށް ހަމަޖެއްސުން.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

  1. ވަޒީފާއަށް އެދޭމީހުންގެ އިޤްރާރު.
  2. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4.  އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.

ނޯޓް: ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތަޢުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކު 1 ސެޕްޓެންބަރު 2016 ގެ ފަހުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ލޯކަލް ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.

5. ކުރުމުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކޮށްފައިވާނަމަ އެ ލިޔުންތަކުގެ ކޮޕީ.

6. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.

ނޯޓް: އިންޓަރވިއުއަށް ޝޯޓްލިސްޓްވީ ފަރާތްތަކުގެ ތެރެއިން ދަޢުލަތުގެ ވަޒީފާގައި އުޅޭ ފަރާތްތައް ނޫން ފަރާތްތަކުން އިންޓަރވިއުއަށް ހާޒިރުވާއިރު ޕޮލިސް ރިޕޯޓު އަދި ކުށުގެ ރިކޯޑް ފޯމު ފުރިހަމަ ކުރުމަށްފަހު ގެންނަންވާނެއެވެ.

މަޤާމަށް އެދި ހުށަހެޅުން

މަގާމަށް އެދި ހުށަހަޅާނީ ފަހިރެސް ޕޯޓަލް މެދުވެރި ކޮށެވެ. ފަހިރެސް ޕޯޓަލްގެ ލިންކް ތިރީގައި އެވަނީއެވެ.

https://apply.jsc.gov.mv

ސުންގަޑި

މި މަގާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 2025 އެޕްރީލް 21 ވާ ހޯމަ ދުވަހުގެ 13:00 އާ ހަމައަށެވެ.

އިތުރު މަޢުލޫމާތު

  1. ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅުއްވާއިރު، އިޢުލާނާއެކު ހުށަހެޅުމަށް ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓެއް ހަމަކަން ކަށަވަރުކުރުމަކީ އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތުގެ ޒިންމާއެކެވެ. އަދި ލިޔެކިޔުންތައް ހަމަތޯ ބެލުމަށްފަހު އެޕްލިކޭޝަން ހުށަހެޅުއްވުމަށް (ސަބްމިޓްކުރެއްވުމަށް) ސަމާލުކަން ދެއްވުން އެދެމެވެ. އިޢުލާނުގައި ބަޔާންކޮށްފައިވާ ތަކެތި ހަމަނުވާނަމަ، އެ އެޕްލިކޭޝަންއެއް ބާޠިލްވާނެއެވެ.
  2. މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޮމިޝަނުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.
  3. ފަހިރެސް ޕޯޓަލް މެދުވެރިކޮށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހަޅާ ކޮންމެ އެޕްލިކޭޝަނަކަށް އީމެއިލް  މެދުވެރިކޮށް ރިފަރެންސް ނަންބަރެއް ލިބޭނެއެވެ.
  4. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެވަޒީފާއަށް އެދޭ މީހެއްގައިހުންނަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އިތުރު ޝަރުޠުތައްޖުޑީޝަލްސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކޮށްފައި ވާނެއެވެ.
  5. މި އިޢުލާންގައިވާ މަޤާމަށް މީހަކު ނެގުމުގައި އަމަލުކުރާނީ "ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދު" ގައިވާ ގޮތުގެމަތީންނެވެ.
  6. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދު www.jsc.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  7. މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ.    
10 އެޕްރީލް 2025