ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-EDS/304/2025/56
ޕަބްލިޝްކުރި ތާރީޚް: 10 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 21 އެޕްރީލް 2025 14:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އަތޮޅު ކައުންސިލް ހޭންޑް ބޯލް މުބާރާތުގައި ދުވާފަރު ތަމްސީލުކުރާ ޓީމަށް ކޯޗެއް ނެގުމާއި ގުޅޭ

ރ.އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ރ.އަތޮޅު ކައުންސިލުން ކުރިޔަށް ގެންދާ ހޭންޑް ބޯލް މުބާރާތުގައި ދުވާފަރު ތަމްސީލުކުރާ ޓީމަށް ކޯޗެއް ނެގުމަށް މި އިދާރާއިން ވަނީ ނިންމާފައެވެ. އެހެން ކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން  21 އޭޕްރިލް 2025 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން މި އިދާރާއަށް ފޯރމް ހުށައެޅުމަށް ދަންނަވަމެވެ. މި ކަމަށް އެދި ހުށައަޅާ ފޯރމް އަދި ކޯޓޭޝަން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރުފަހު 14:00 އަށް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބިލައްވާނެއެވެ. އަދި މިކަމަށް އެދި ހުށައަޅާ ފަރާތަކީ ކޯޗިން ކަން ކުރުމުގެ ލައިސަންސް އޮތް ފަރާތަކަށް ވާންވާނެއެވެ.

10 އެޕްރީލް 2025