ނީލަން
ނަންބަރު: (IUL)468-LMS/468/2025/85
ޕަބްލިޝްކުރި ތާރީޚް: 10 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 10:31
ސުންގަޑި: 16 އެޕްރީލް 2025 09:15
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަންކިއުން

   ފުވައްމުލަކު ހޯދަޑު ހިޔަލީ ގޯޅި ފުޅާކުރުމަށް ހަމަޖެހިފައިވާ ބައިގައި ހުރެގެން ބަދަލުދެވިފައިވާ ހިޔަލީގެ މަގުފާރާއި އަނބުގަހުގެ ނީލަންކިއުމަށް ބޭނުންވެއެވެ.

   ވީމާ މިނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 16 އެޕްރީލް 2025 ވާ ބުދަ ދުވަހު 09:15 އަށް އެބިމަށް ވަޑައިގެން ނީލަމުގައި ބައިވެރިވުމަށް ދައުވަތު އަރުވަމެވެ. އަދި ނީލަމުން ރުއް އަދި ފާރު ނަންގަވާ ފަރާތުން ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަމުގެ ފައިސާ ދެއްކެވުމަށްފަހު 03 ދުވަހުގެ ތެރޭގައި ރުއް އަދި ފާރުގެ ބައިތައް އެތަނުން ނަގައި ސާފުކުރަން ވާނެއެވެ.

   ވީމާ، މި ނީލަމުގައި ވީހާ ގިނަ ފަރާތްތަކަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ އެދެވިގެންވާ ކަމެކެވެ.

10 އެޕްރީލް 2025