ނީލަން
ނަންބަރު: (IUL)O-385/CA/2025/84
ޕަބްލިޝްކުރި ތާރީޚް: 10 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 08:54
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިޔަމިގިލީ ގަނޑުވަރު ގޯތީގައިހުރި ރައްޔިތުންގެ އަނބުގަސް ނީލަންކިއުން

އިޢުލާން

 

ދިޔަމިގިލީ ގަނޑުވަރު ގޯތީގައިހުރި ރައްޔިތުންގެ އަނބުގަސް ނީލަންކިއުން

           ތ.ދިޔަމިގިލީ ގަނޑުވަރު ގޯތިގައިހުރި ރައްޔިތުންގެ އަނބުގަސް މިފަހަރުގެ އަނބުމޫސުން ނިމެންދެން ބަލަހައްޓަން ބޭނުންވާ ފަރާތެއްހޯދުމަށް އަނގަބަހުން ނީލަންކިޔުން 2025 އޭޕްރިލް 16 ވާ ބުދަ ދުވަހު މެންދުރު 13:00 ގަ މިއަނބުގަސްދޮށު ގައި އޮންނާނެއެވެ. މިގޮތުން އެންމެމަތީ އަގެއް ހުށަހެޅުއްވި ފަރާތަކާ މިފަހަރުގެ އަނބުމޫސުން ނިމެންދެން މި އަނބުގަސް ބެލެހެއްޓުން ހަވާލުކުރެވޭނެއެވެ. މިނީލަން ފެށޭ އެންމެ ދަށްއަގަކީ -/500ރ (ފަސްސަތޭކަ ރުފިޔާ) އެވެ. ނީލަމަށް އިތުރުކުރެވޭނީ މަދުވެގެން ފަހަރަކު -/10ރ (ދިހަ ރުފިޔާއެވެ.)

            ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިނީލަމުގައި ބައިވެރިވުމަށްޓަކާ 2025 އޭޕްރިލް 16 ވާ ބުދަ ދުވަހު މެންދުރު 13:00 ށް ޣާޒީމަގުގަ މި އަނބުގަސްދޮށަށް ވަޑައިގެންދެއްވުން އެދެމެވެ.

            "އަދި، އަނބުގަސް ނީލަމުން ނަގާފަރާތުން އަނބުގަސް ބޭނުން ކުރަންޖެހޭނީ (އަނބު ބިންނަންޖެހޭނީ) ގަސް ނީލަމުން ނެގި އަގަށްވާ ފައިސާ މި އިދާރާއަށް ދެއްކުމަށް ފަހުގައެވެ. އަދި، މިފަހަރުގެ އަނބުމޫސުން ނިމެންދެން ނުވަތަ ގަސް ދޫކޮށްލަންދެން އަނބުގަސްދޮށު ކުނިކަހައި ސާފުކުރަން ޖެހޭނެއެވެ. އަދި އަނބު ބިންނަވަގުތު ގަސްދޮށަށް އެޅޭ ކުނި ވަގުތުންވަގުތަށް ނަގައި ރީތިކޮށް ސާފުކުރަން ޖެހޭނެއެވެ."

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 އެޕްރީލް 2025