ނީލަން
ނަންބަރު: (IUL)399-CA/399/2025/40
ޕަބްލިޝްކުރި ތާރީޚް: 09 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 15:53
ސުންގަޑި: 16 އެޕްރީލް 2025 14:00
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - 5000 ލީޓަރުގެ 12 ކަޅުހަން ނީލަންކިޔުން

މި ކައުންސިލްގެ ގޯތިތެރޭގައި ހުރި 5000ލ ގެ 12 ކަޅުހަން ނީލަން ކިޔުން 17 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި މި ކައުންސިލްގެ ގޯތި ތެރޭގައި އޮންނާނެއެވެ. ނީލަމުގައި ބައިވެރިވެވޭނީ ނީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. ނީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކުން ރަޖިސްޓްރީ ފީގެ ގޮތުގައި -/50ރ ދައްކަން ޖެހޭނެއެވެ. ނީލަމުގައި ރަޖިސްޓްރީވުމުގެ މުއްދަތަކީ 16 އޭޕްރީލް 2025 ވާ ބުދަ ދުވަހުގެ 14:00 އާއި ހަމައަށެވެ. ފައިސާ ޓްރާންސްފަރ ކުރުމަށްފަހު ސްލިޕް ރަޖިސްޓްރީ ފޯމާއެކު މިއިދާރާގެ ކައުންޓަރަށް ނުވަތަ  [email protected] ހުށަހަޅަންވާނެއެވެ. މި އިއުލާނާއިއެކު ރަޖިސްޓްރީފޯމް އަދި އުޞޫލު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އިތުރު މަޢުލޫމާތު 6801022،7291515 ގުޅުއްވައިގެން ސާފުކުރެވޭނެއެވެ.

  • އެކައުންޓް ނަންބަރ: 7707700315001 (1450 ރެވެނިއު 01)
  • ރަޖިސްޓްރީ ފީ: -/50 ( ފަންސާސް ރުފިޔާ )
  • ސްލިޕް ވައިބަރ ކުރުމަށް: 7291515

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.  

09 އެޕްރީލް 2025